Advertisement

ބޭބެގެ ކޮރަޕްޓް ސަރުކާރާ ދުރުގައި ހުރެވުނީތީ އުފާކުރަން: ގާލިބު

21 ޖޫން 2025 - 09:15 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރަސްމީ ހަފުލާއަކަށް ވަޑައިގަތުމަށް ރައީސްގެ ރަސްމީގެ މުލިއާގެއިން ނުކުމެވަޑައިގަންނަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ބޭބެގެ ކޮރަޕްޓް ސަރުކާރާ ދުރުގައި ހުރެވުނީތީ އުފާކުރަން: ގާލިބު

21 ޖޫން 2025 - 09:15 2

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ކޮރަޕްޓު ސަރުކާރާ ދުރުގައި ހުރެވުނީތީވެ އުފާކުރާ ކަމަށް އެ މަނިކުފާނުގެ ދެބޭންގެދެދަރި ކޮއްކޮ، އަހުމަދު ގާލިބު ބުނެފި އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ގާލިބުއަކީ އެމަނިކުފާނާއެކު ވަރަށް އަރިސްކޮށް، އަދި އެ މަނިކުފާނުގެ އަމިއްލަ ގެ ދިމްޔާތުގެ ކަންކަން ބެލެހުމުގައި އިސްކޮށް އުޅުނު މީހެކެވެ.

މީގެ ދެ އަހަރު ކުރިން ޕީޕީއެމްއިން ވަކިވެ އެމްޑީޕީއަށް ސޮއިކުރި ދުވަހުގެ ފޮޓޯތަކާއެކު ގާލިބު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެއީ "ސޯޅަ ވަރަކަށް އަހަރު ގޯތި މީހުނަށް ސިޔާސީ ގުލާނު ތަޅައިދޭން އުޅުމަށް ފަހު، މިނިވަން ކަމާއެކު ހަގީގީ ސިޔާސީ މަސައްކަތަށް ނުކުމެވުނު ދުވަސް" ކަމަށެވެ.

"[މިއީ] ހަޔާތުގައި ނިންމުނު އެއް މުހިއްމު އެއްމެ ފުރިހަމަ އެއް ނިންމުން. މި ހިނގާ (ކޮރަޕްޓް) ސަރުކާރާއި ދުރުގައި ހުރެވުނީތީ އުފާކުރަން."

ޕީޕީއެމްގެ ކެލާ ދާއިރާގެ ސެނެޓަރުގެ މަގާމުގައި ހުއްޓައި، އެ ޕާޓީން އަމިއްލަ ވަކިވެ ގާލިބު އެމްޑީޕީއަށް ސޮއިކުރި ޖޫން 19، 2023 ގަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ރައީސް މުއިއްޒު ވާދަ ކުރެއްވި ނަމަވެސް ގާލިބު މަސައްކަތް ކުރީ އެމްޑީޕީގެ ކެންޑިޑޭޓު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮވުމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް، އެމްޑީޕީގެ ޓިކެޓުގައި ކެލާ ދާއިރާއަށް ގާލިބު ވާދަ ވެސް ކުރި އެވެ. ނަމަވެސް އޭނާ އަށް އެ ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.

މި ސަރުކާރުގެ ބައެއް ވެރިން އަދި ރައީސް މުއިއްޒުގެ މައްޗަށް ކުރެވޭ ވައްކަމާއި ހިޔާނާތުގެ ތުހުމަތު އިތުރުވަމުން ދާއިރު، އެ މަނިކުފާނު ކަންކަމުގައި ދޮގު ހަދައި އޮޅުވާލާ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.