Advertisement

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުން މާދަމާ ކަރަންޓު ކަނޑަނީ

20 ޖޫން 2025 - 20:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުން މާދަމާ ކަރަންޓު ކަނޑަނީ

20 ޖޫން 2025 - 20:59 0

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް މާދަމާ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން 4:00 އާ ދޭތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށާއި ހުޅުމާލޭގެ އެކި ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 10:00 އިން 11:00 އާ ދެމެދު ކަމަށެވެ.

މާލެއިން ކަރަންޓު ކެނޑޭ ސަރަހައްދުތައް:

  • މާލޭ ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން - ހެނދުނު 09:00 އާއި މެންދުރު 12:00 އާ ދެމެދު
  • މާލޭ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން - ހެނދުނު 10:00 އާއި މެންދުރު 12:00 އާ ދެމެދު
  • މާލޭ ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު - މެންދުރު 2:00 އާއި ހަވީރު 4:00 އާ ދެމެދު

މާލެއިން ކަރަންޓު ކެނޑުމާއި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ކަރަންޓު ކަނޑަންޖެހުން ވަނީ އިތުރުވެފަ އެވެ.

ޖޫން 1، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނެވެ. އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ.