Advertisement

ސަރުކާރުން ތަނެއް ހަމަޖައްސައިނުދީފި ނަމަ ނަޝީދު ސޮއިކުރާ ހަފުލާ ބާއްވާނީ މުލީއާގޭ ކަންމަތީގައި: ފައްޔާޒު

19 ޖޫން 2025 - 20:36 4

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް -- ފޮޓޯ: މިރާން ނާޝިމް / އަދަދު


ސަރުކާރުން ތަނެއް ހަމަޖައްސައިނުދީފި ނަމަ ނަޝީދު ސޮއިކުރާ ހަފުލާ ބާއްވާނީ މުލީއާގޭ ކަންމަތީގައި: ފައްޔާޒު

19 ޖޫން 2025 - 20:36 4

ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއަށް ސޮއިކުރުމަށް ހަފުލާއެއް ބާއްވާނެ ތަނެއް އަންނަ ހޯމަ ދުވަހުގެ ކުރިން ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ އެ ހަފުލާ ބާއްވާނީ މުލީއާގޭ ކަންމަތީގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު އާއި ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ހަފުލާއެއް ބާއްވާނެ ތަނެއް ހޯދަން އެމްޑީޕީން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަފުލާ ބާއްވާނެ ތަނެއް ހޯދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް ސަރުކާރުން ދަނީ މިއަދާ ހަމައަށް ވެސް ހުރަސް އަޅަމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފުލާ ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާތީ މިހާރު ގަސްދު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް ޖޫން 23، 2025 ގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެއްހިޖެ ނަމަ މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ހަފުލާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ ހޯމަ ދުވަހުގެ ރޭ 9:00 އަށް މުލީއާގޭ ދޮށަށް އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ދިޔުމަށް ފައްޔާޒް ދައުވަތު އަރުވާފައިވެ އެވެ.