18 ޖޫން 2025 - 17:53 0
އަހުމަދު އާއިދު
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: ސިޓީ ކައުންސިލުން މިއަދު ވަނީ ބިޑް އިވެލުއޭޝަން ނިޒާމު ވަރުގަދަ ކުރަން އިތުރު ކޮމިޓީއެެއް އުފައްދާފަ --- ފޮޓޯ: އަދަދު
18 ޖޫން 2025 - 17:53 0
މާލެ ސިޓީ ކައުންސިލްގެ ބިޑު އިވެލުއޭޝަން ވަރުގަދަކުރުމަށް އިތުރު ކޮމިޓީއެއް އެކުލަވާލަން އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މި ކޮމިޓީ އެކުލަވާލަން ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. މި ކޮމިޓީއަށް ކިޔަނީ ޕްރޮޕޯސަލްސް އިވެލުއޭޝަން ކޮމިޓީ އެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މި ކޮމިޓީން ކުރާނެ މަސައްކަތަކީ ކައުންސިލަށް ލިބޭ ޕްރޮޕޯސަލް ތަކަކީ ރައްޔިތުންނަށް ފައިދާހުރި ހުށަހެޅުންތަކެއްތޯ ބެލުން ކަމަށެވެ. މި ކޮމިޓީން އެ މަސައްކަތް ކުރި ނަމަވެސް ޕްރޮޕޯސަލް މިހާރު އޮންނަ ބިޑު ކޮމިޓީއަށް ދާނެ ކަމަށާއި މިއީ މަސައްކަތް ހަރުދަނާ ކުރުމަށް އެޅޭ އިތުރު ފިޔަވަޅެއް ކަމަށެވެ.
މި ކޮމިޓީ އާއެކު މަސައްކަތެއް އެވޯޑު ކުރުމުގެ ކުރިން ކައުންސިލްގެ ޕްރޮކިއުމެންޓް ސެކްޝަނުން އަދި ދެ ކޮމިޓީން ބިޑުގެ ކަންކަން ބަލާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވެސް ތާއިދުކުރައްވާ ވާހަކަދެއްކެވި އެވެ.
އައު ކޮމިޓީ އެކުލަވާލުމަށް ފާސްވީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ތާއީދާއެކު އެވެ. ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ ދެ ކައުންސިލަރެކެވެ.
މިއަދު އެކުލަވާލި ކޮމިޓީގައި ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލް އަދި ތިން ކައުންސިލަރުން ތިބޭނެ އެވެ.
Comment