Advertisement

ސިޓީގެ ސްކޮޑުން ބާކީ ކޮށްލި ގްރީލިޝް ގަންނަން ނަޕޯލީން ބޭނުންވޭ

16 ޖޫން 2025 - 16:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު


ސިޓީގެ ސްކޮޑުން ބާކީ ކޮށްލި ގްރީލިޝް ގަންނަން ނަޕޯލީން ބޭނުންވޭ

16 ޖޫން 2025 - 16:03 0

ނޭޕްލްސް (ޖޫން 16) - މިހާރު އެމެރިކާގައި ފަށައިގެން ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕަށް މެންޗެސްޓާ ސިޓީން ނެގި ސްކޮޑުން ބާކީކޮށްލި ޖެކް ގްރީލިޝް ގަންނަން އިޓަލީގެ ޗެމްޕިއަން، ނަޕޯލީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

2021 ގައި ގްރީލިޝް 29، ސިޓީ އަށް ބަދަލުވީ، ޕްރިމިއާ ލީގުގެ ރެކޯޑް ޓްރާންސްފާގެ ގޮތުގަ އެވެ. ސިޓީން ގްރީލިޝް ގަތުމަށް އެސްޓަން ވިލާ އަށް 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު)ގެ ފީއެއް ދެއްކި އެވެ.

އިނގިރޭސި މީޑިއާ "ދި ސަން" އަދި "ސްކައި ސްޕޯޓްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަޕޯލީން ފޯވާޑެއް ގަތުމަށް 45 މިލިއަން ޕައުންޑުގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަޕޯލީން ދޭން ބޭނުންވާ 45 މިލިއަން ޕައުންޑުގެ އަގަށް ސިޓީން ގްރީލިޝް ވިއްކުމުގެ ފުރުސަތު އެބައޮތެވެ. އަދި، ސިޓީގެ ކުރީގެ ކެޕްޓަން އަދި ބެލްުޖިއަމްގެ ގައުމީ ޓީމުގެ ތަރި، ކެވިން ޑި ބްރޭނާ އާ އެކުގައި ކުޅުން ގްރީލިޝް ބޭނުންވާ ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ގްރީލިޝްގެ އިތުރުން ނަޕޯލީން ގަންނަން މަސައްކަތް ކުރަނީ ގްރީލިޝް އަދި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އަލެހަންދްރޯ ގާނާޗޯ އެވެ. ޔުނައިޓެޑުން ގާނާޗޯ ވިއްކާލަން ނިންމި ނަމަވެސް އޭނާ ބޭނުންވަނީ ޕްރިމިއާ ލީގުގައި މަޑުކުރާށެވެ.

މީގެ އިތުރުން، ޔުނައިޓެޑުން ގާނާޗޯ ވިއްކަން ކިޔާ އަގު ކަމަށްވާ 70 މިލިއަން ޕައުންޑަކީ ވެސް އޭނާ ގަތުމުގައި ނަޕޯލީއަށް ކުރިމަތިވާނެ ހުރަހެކެވެ.