Advertisement

ޕީއެސްޖީން ފާރަލަމުން ދަނިކޮށް ރެއާލުން މަސްޓަންޓޫނޯގެ ސޮއި ހޯދައިފި

14 ޖޫން 2025 - 15:17 0


ޕީއެސްޖީން ފާރަލަމުން ދަނިކޮށް ރެއާލުން މަސްޓަންޓޫނޯގެ ސޮއި ހޯދައިފި

14 ޖޫން 2025 - 15:17 0

މެޑްރިޑް (ޖޫން 14) - ރިވަ ޕްލޭޓަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހުނަރުވެރި ތަރި، ފްރާންކޯ މަސްޓަންޓޫނޯ އަށް ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ފާރަލަމުން އަންނަނިކޮށް ރެއާލް މެޑްރިޑުން އޭނާގެ ސޮއި ހޯދައިފި އެވެ.

ސަތާރަ އަހަރުގެ ތަރި، މަސްޓަންޓޫނޯ ގެންނަން، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެ ކްލަބްގެ ވެރިންނަށް ޕްރެޝަރު ކުރަމުންދިޔައިރު، ބިޑް ވެސްކުރި އެވެ.

އެކަމަކު، ރިވަ ޕްލޭޓުން މަސްޓަންޓޫނޯގެ ޑީލް ކުރިއަަށްގެންދިޔައީ، ރެއާލާ އެކު އެވެ. އެ ގޮތުން، މަސްޓަންޓޫނޯ، ރެއާލަށް ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވާނީ ފީފާ ކްލަބް ވޯލްޑް ކަޕަށް ފަހު އެވެ. އޭނާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭނީ މިހާރު ވެސް ކުޅެމުން އަންނަ ޓީމު، ރިވަ ޕްލޭޓް އަށެވެ.

ރެއާލުން މަސްޓަންޓޫނޯ ގެނައީ، އެ ޓީމުގެ ކޯޗު، ޒަބީ އަލޮންސޯ އެ ކަމަށް ވަރަށް ބޮޑަށް ބާރު އެޅުމުންނެވެ. އަދި، އަލޮންސޯގެ އަންނަ އަހަރުގެ ޕްލޭނުގައި، މަސްޓަންޓޫނޯ އަކީ އެޓޭކިން މިޑްފީލްޑް ރޯލުގައި މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މަސްޓަންޓޫނޯގެ ސޮއި ހޯދަން، ރެއާލުން ޖުމްލަ އެކު، 73 މިލިއަން ޑޮލަރު ތިން އަހަރަށް ބަހާލައިގެން ދައްކާނެ އެވެ. މަސްޓަންޓޫނޯ އަކީ، އާޖެންޓީނާ ލީގުން މިހާތަނަށް ވިއްކާލާނެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

އާޖެންޓީނާ ސުޕަ ކަޕްގެ ޗެމްޕިއަންކަން، ރިވަ ޕްލޭޓާ އެކު ހޯދި މަސްޓަންޓޫނޯ ވަނީ، ޗިލީއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި، ކުޅެ، އެ ގައުމުގެ މެޗެއްގައި ކުޅުނު، އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އެ ގޮތުން، ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި، މަސްޓަންޓޫނޯ ކުޅުނުއިރު، އޭނާގެ އުމުރަކީ، 17 އަހަރާއި ނުވަ މަސް އަދި 22 ދުވަހެވެ.

މަސްޓަންޓޫނޯ އަކީ މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން ނިންމި ތިން ވަނަ ޑީލެވެ. ރެއާލުން ވަނީ ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އާއި ބޯންމައުުތުގެ ޑީން ހައުސަންގެ ސޮއިހޯދައިފަ އެވެ. ޓްރެންޓް އާއިި ހައުސަން، ވަނީ ރެއާލްގެ ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި ވެސް ހިމަނައިފަ އެވެ.