Advertisement

ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

12 ޖޫން 2025 - 22:58 0


ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

12 ޖޫން 2025 - 22:58 0

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކޭމް) އިން މުޅިން އަލަށް ބާއްވާ ޖޫނިއާ ނެޝަނަލް ކެރަމް ޗެމްޕިއަންޝިޕް، ލޯންޗްކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކެރަމް އެސޯސިއޭޝަނުން މުސްތަގުބަލަށް ރަނގަޅު ކުޅުންތެރިންތަކެއް ބިނާކުރުމުގެ ގަސްދުގައި ފަށާ މި މުބާރާތް އޮންނާނީ މި މަހު 26 ވަނަ ދުވަހުން ފެށިގެން، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ.

އެ ގޮތުން، 15 އަހަރުން ދަށާއި 19 އަހަރުން ދަށަށް ފޯކަސްކުރާ މި މުބާރާތުގައި، ބައިވެރިވުމުގެ ފުރުސަތު އޮތީ މި މަހު 22 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިންނެެވެ. މުބާރާތުގައި ބައިވެރިވުމަށް، ކެރަމް އެސޯސިއޭޝަނުން ވަނީ ގޫގަލް ފޯމެއް ފުރުމަށް އިރުޝާދުދީފަ އެވެ. (ފޯމުގެ ލިންކް)

މީގެ އިތުރުން، ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ ކަންކަން ބަލަހައްޓަން، ޓޯނަމެންޓްގެ ކޮމިޓީއެއް އެލުލަވާލާނެ ކަމަށާއި، ނޮކައުޓު އުސޫލުން ކުޅޭ މި މުބާރާތުގެ ގުރުއަތުލުން، މި މަހު 24 ވަަނަ ދުވަހު ބާއްވާނެ ކަމަށެވެ.

ބައިވެރިވުމުގެ އުމުރުފުރާ ކަނޑައެޅުމުގައި، ގަވާއިދު ބުނާގޮތުން، 15 އަހަރުން ދަށާއި 19 އަހަރުން ދަށުގައި ކުޅުންތެރިއަކު ބައިވެރިވާއިރު، މި އަހަރުގެ ޖެނުއަރީ 1 ގެ ކުރިން އެ އުމުރުފުރާގައި ބުނާ އުމުރު ހަމަނުވުން ލާޒިމްކުރެ އެވެ. މިސާލަކަށް، 15 އަހަރުން ދަށަށް ކުޅެވޭނީ، 1 ޖެނުއަރީ 2025 ގެ ކުރިން، 15 އަހަރު ނުފުރޭނަމަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި، ކެރަމް އެސޯސިއޭޝަނުން ކަނޑައަޅާފައިވަނީ، 100 ރުފިޔާ އެވެ.