Advertisement

މަސްތުގެ ހާލަތުގައި ތިބި ދެ މީހުން ހާފްވޭ ހައުސްއިން ހައްޔަރުކޮށްފި

11 ޖޫން 2025 - 10:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ހާފްވޭ ހައުސް: އެތަނުން މަސްތުގެ ހާލަތުގައި ތިބި ދެ މީހުން ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ސަން


މަސްތުގެ ހާލަތުގައި ތިބި ދެ މީހުން ހާފްވޭ ހައުސްއިން ހައްޔަރުކޮށްފި

11 ޖޫން 2025 - 10:41 0

މަސްތުވާތަކެއްޗަށް ފަރުވާދޭ ހުޅުމާލެ ހާފްވޭ ހައުސްގައި މަސްތުގެ ހާލަތުގައި ތިބި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންނަށް އެންޑީއޭއިން ކުރި ރިޕޯޓަކާއި ގުޅިގެން ހާފްވޭ ހައުސް ބަލައި ފާސް ކުރުމުގެ ތެރޭގައި އެ ތަނުގައި މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރީ އދ. މަހިބަދޫ، ރެޑްރޯޒް، އަބްދުﷲ ޝާފިއު، 33 އަދި ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް، 42 އެވެ.

ނަމަވެސް އެ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައި ނުވި ކަމުގައިވީ ނަމަވެސް، ހައްޔަރުކުރީ އެ މީހުންގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން ތިބި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ކުޑަކަމުދާ ތަކެތި ވަގުތީ ނަތީޖާއިން އޯޕީއައި، ބެންޒޯއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މިގޮތުން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ.

މުއްދަތު މަޖިލީހުގައި އެ ދެ މީހުން ބުނާ ގޮތުގައި އެ މީހުންނަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ހާފްވޭ ހައުސްގައި ދޭ ބޭސް ބޭނުންކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެދާނެ ކަމަށެވެ.

އިކްލީލްގެ ބަންދު ލޮގަށް ބަލާއިރު، ކުށުގެ ތުހުމަތުގައި 27 ފަހަރު ހައްޔަރުކޮށް، އޭގެ ތެރެއިން 15 ފަހަރަށް ބަންދަށް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ގިނަ އެވެ.

މީގެއިތުރުން ޝާފިއުގެ ބަންދު ލޮގަށް ބަލާއިރު، ކުށުގެ ތުހުމަތުގައި 42 ފަހަރު ހައްޔަރުކޮށް، އޭގެ ތެރެއިން 20 ފަހަރު ބަންދަށް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

ހުޅުމާލެ ހާފްވޭ ހައުސްގެ އިތުރުން މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒުތަކުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ކަންބޮޑުވުން ފަހަކަށް އައިސް ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.