Advertisement

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އެމްބެސެޑަރަކަށް ހަމަޖެއްސީ އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ

10 ޖޫން 2025 - 14:44 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އެމްބެސެޑަރަކަށް ހަމަޖެއްސީ އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ

10 ޖޫން 2025 - 14:44 1

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރަކަށް އިންޑިއާގެ ފިލްމީ ތަރި ކެޓްރީނާ ކައިފް ހަމަޖައްސާފައިވާކަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާމަކޮށްފި އެވެ.

ކެޓްރީނާ ބުނީ ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް އޭނާ ހިޔާރުކުރީތީ އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ. އެގޮތުން މުޅި ދުނިޔެއަށް ޑެސްޓިނޭޝަނެއް ގޮތުގައި ރާއްޖެ އިސްތިހާރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާގެ ބޭނުން ހިފައި ރާއްޖެ އިސްތިހާރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް ނަން މަޝްހޫރު ކެޓްރީނާ ވަނީ ބްލޮކްބާސްޓާ ފިލްމްތަކުގެ އިތުރުން ގިނަ އަދަދެއްގެ އެވޯޑް ހާސިލްކޮށްފަ އެވެ.

ރާއްޖެއިން ވަނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޖެހިޖެހިގެން ފަސް ފަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.