10 ޖޫން 2025 - 13:58 0
މުހައްމަދު ޝަހްޒާން
ކާނާ އާއި އެގްރިކަލްޗަރާ ބެހޭ އދ އޯގަނައިޒޭޝަންގެ ޑިރެކްޓާ ޖެނެރަލް އާއެކު މިނިސްޓަރު ޝިޔާމް -- ފޮޓޯ: ފިޝަރީޒް މިނިސްޓަރީ
10 ޖޫން 2025 - 13:58 0
ކާނާ އާއި އެގްރިކަލްޗަރާ ބެހޭ އދ އޯގަނައިޒޭޝަންގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އޯގަނައިޒޭޝަނުގެ ޑިރެކްޓާ ޖެނެރަލް، ކިއު ދޮންގްޔޫ ދެއްވައިފި އެވެ.
ކިއު އެ ޔަގީންކަން ދެއްވީ ކަނޑުތަކާ ބެހޭ އދ ގެ ތިންވަނަ ކޮންފަރެންސްގެ ހަވާސާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް އާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އެކުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ކަނޑުގެ ފުރިހަމަ ގާނޫނެއް އެކުލަވައިލުމުގައި އެހީތެރިވުމާއި މެރިކަލްޗަރަށް އިންވެސްޓުކުރުން ފުޅާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޝިޔާމް ވަނީ އެފްއޭއޯއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އެގޮތުން އެ އޯގަނައިޒޭޝަނުގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި އެންކާޑް އެފްއޭޑީސް މަޝްރޫއު ހިންގުމަށް އެފްއޭއޯއިން ދިން އެހީތެރިކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
Comment