Advertisement

އާސެނަލުން ރޮޑްރީގޯ ހޯދަން ހުށަހެޅި އޮފާ ރެއާލުން ބަަލައެއްނުގަތް

10 ޖޫން 2025 - 11:29 0


އާސެނަލުން ރޮޑްރީގޯ ހޯދަން ހުށަހެޅި އޮފާ ރެއާލުން ބަަލައެއްނުގަތް

10 ޖޫން 2025 - 11:29 0

ލަންޑަން (ޖޫން 10) - ރެއާލް މެޑްރިޑްގެ ޒުވާން ތަރި، ރޮޑްރީގޯ ހޯދަން އާސެނަލް އިން ހުށަހެޅި އޮފާ ރެއާލް މެޑްރިޑުން އަނބުރާ ފޮނުވާލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ މި ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ހިމެނޭ ރޮޑްރީގޯ، 24، ހޯދުމަށް އެ ޓީމުން ވަނީ 70 މިލިއަން ޑޮލަރު އޮފާއެއް ރެއާލަށް ހުށަހަޅައިފަ އެވެ.

އެހެން ނަމަވެސް، ރެއާލް، ބޯޑުން ވަނީ އާސެނަލްގެ ހުށަޙެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި، ރެއާލުން ރޮޑްރީގޯ ވިއްކާލަން ކިޔާ 100 މިލިއަން ޑޮލަރު ދޭނެ ޕްރޮޕޯސަލެއް އައިސްގެން ނޫން ގޮތަކަށް އެ ޓްރާންސްފާ ކުރިއަށް ނުދާނެ ކަމަށް ރެއާލުން ވަނީ އަންގައިފަ އެވެ.

ޓްރާންސްފާގެ ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ކަމުގައި ވިޔަސް، ރޮޑްރީގޯ ވަނީ ރެއާލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ރެއާލުން އޭނާ ދޫކޮށްލަން ނިންމައިފިނަމަ، ދެން ގުޅޭ ޓީމަކަށް ވެސް ކުޅޭނީ މިހާރު ލިބޭ މުސާރަ އަށް ކަމަށް ރޮޑްރީގޯ ވަނީ ނިންމައިފަ އެވެ.

ރޮޑްރީގޯ ނުލިބިއްޖެ ނަމަ އާސެނަލް އިން ދެން ޓާގެޓް ކުރަނީ ސްޕެއިންގެ ފޯވާޑް ނިކޯ ވިލިއަމްސް އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރެއާލުން އަންނަނީ ނިކޯ ވިލިއަމްސްގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު، އެ މަސައްކަތް މަޑު ޖައްސާލާފައިވަނީ ރެއާލްގެ އާ ކޯޗު ޒަބީ އަލޮންސޯ ބުނެގެންނެވެ.

އާސެނަލް އިން ރޮޑްރީގޯ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، ޕްރިމިއާ ލީގުގެ ބޮޑެތި ބާރުތަކުން ވެސް އަންނަނީ ރޮޑްރީގޯ އަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ގޮތުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ވެސް އަންނަނީ ރޮޑްރީގޯ ހޯދަން މަސައްކަތް ކުރަމުންނެވެ.

ރޮޑްރީގޯ، މި ވަގުތު ރެއާލާ އެކު، ހަދާފައިވާ އެއްބަސްވުން އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބްރެޒިލްގެ ސަންޓޯސް އިން 2019 ވަނަ އަހަރު ރޮޑްރީގޯ، ރެއާލަށް ބަދަލުވީ، ޖުމްލަ އެކު، 40 މިލިއަން ޑޮލަރު ދައްކަން ޖެހުނު ޑީލެއްގެ ދަށުންނެވެ. ރޮޑްރީގޯ ވަނީ ރެއާލަށް ކުޅެދިން 267 މެޗުން، 68 ލަނޑު ޖަހައި، 50 ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ވެސް ވަނީ، ރޮޑްރީގޯ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.