Advertisement

މިލާނުގެ ކީޕަރު މައިންނޯން އަށް ޗެލްސީން ޝައުގުވެރިވެއްޖެ

7 ޖޫން 2025 - 16:57 0


މިލާނުގެ ކީޕަރު މައިންނޯން އަށް ޗެލްސީން ޝައުގުވެރިވެއްޖެ

7 ޖޫން 2025 - 16:57 0

ލަންޑަން (ޖުލައި 7) - އޭސީ މިލާނުގެ ފްރާންސް ގޯލު ކީޕަރު، މައިކް މައިންނޯންގެ ސޮއި ހޯދަން، ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަން، ޗެލްސީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ލިލް ދޫކޮށް 2021 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި މިލާނަށް ބަދަލުވި، މައިންނޯން، 29، ވިއްކާލަން މިލާނުން ކިޔާ އަގު އުޅެނީ، 30 މިލިއަން ޑޮލަރުގަ އެވެ. އެކަމަކު، ޗެލްސީން ވާހަކަ ދައްކަމުން އަންނަނީ އެ ފީ ކުޑަކުރުމަށެވެ.

ޗެލްސީން މައިންނޯން ގަންނަން ކުރާ މަސައްކަތުގައި ފަންޑް ހޯދުމުގެ ގޮތުން، އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރި، ކެޕާ އަރިއްޒަބަލާގާ ވިއްކާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެތުލެޓިކް ބިލްބާއޯ ދުކޮށް، 2018 ވަނަ އަހަރު ކެޕާ، ޗެލްސީ އަށް ބަދަލުވީ އެ ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގަ އެވެ. އެއީ، 90 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޗެލްސީން މިދިޔަ ދެ ސީޒަނުގައި ވެސް ކެޕާ ލޯނަކަށް ދޫކުރިއިރު، އޭނާ ކުޅުނީ، ރެއާލް މެޑްރިޑާއި ބޯންމައުތަށެވެ.

ކެޕާ ހުއްޓައި، ޗެލްސީން ގަތް ކީޕަރު، އެޑޮއާޑް މެންޑީ ވަނީ، މޮޅު ކުޅުމެއް ދެއްކުމަށް ފަހު، މީގެ ދެ އަހަރު ކުރިން އެ ކްލަބް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް އަހްލީ އަށް ބަދަލުވެފަ އެވެ.

މިދިޔަ ދެ އަހަރު ތެރޭ ޗެލްސީން ތިން ކީޕަރުން ގަނެފައިވެ އެވެ. އެއީ، ރޮބާޓް ސަންޗޭޒް، ފިލިޕް ޖޯގެންސަން އަދި ޖޯޖޭ ޕެޓްރޮވިޗް އެވެ. ޕެޓްރޮވިޗް ލޯނަކަށް މިދިޔަ ސީޒަނުގައި ކުޅުނުއިރު، ޗެލްސީގެ ގޯލުގައި ކުޅުނު ސަންވޭޒާއި ޖޯގެންސަން އަށް އެއް ފެންވަރެއްގައި ގިނަ މެޗުތަކުގައި ނުކުޅެވުމުގެ މައްސަލަަ ދިމާވި އެވެ. މި ތިން ކީޕަރުންނަކީ ވެސް ޗެލްސީގެ ލޯންގް ޓާމް ޕްލޭނަށް ފެތޭ ކީޕަރުންނަށް ނުވާތީ، އެ ކްލަބުން އަންނަނީ، މައިންނޯން ގަންނަން މަސައްކަތް ކުރަމުންނެވެ. މައިންނޯން ވެސް މި ޑީލަށް ރުހޭ ނަމަވެސް، އެއްބަސްވުމަކަށް ނާދެވި އޮތީ ފީ އަކާ މެދު އެވެ.

ފްރާންސް ޓީމުން 2023 ވަނަ އަހަރު ޖެނުއަރީގައި ހޫގޯ ލޮރިސް ރިޓަޔާކުރި ފަހުން، ފްރާންސްގެ ގޯލު ބަލަހައްޓަނީ މައިންނޯން އެވެ. އެ ގޮތުން، އޭނާ ވަނީ ފްރާންސް ޓީމަށް މިހާތަނަށް 30 މެޗު ކުޅެދީފަ އެވެ.