5 ޖޫން 2025 - 10:54 0
މުހައްމަދު ޝަހްޒާން
ޖަލުގެ ތޭރިތަކުގެ ބިތްދޮށުގައި ގައިދީއަކު -- ފޮޓޯ: އަދަދު
5 ޖޫން 2025 - 10:54 0
25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އޭނާ ދިޔައީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
އައިޖީއެމްއެޗުގައި އެނދުމަތިކޮށްގެން އޭނާއަށް ފަރުވާ ދެމުންދާތާ ދޮޅު މަހެއްހާ ދުވަސް ވެފައިވާ ކަމަށް އަދަދު އަށް އެނގިފައިވެ އެވެ. އޭނާއަށް ފަރުވާ ދެމުންދިޔައީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އޭނާގެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމުންކަން އެނގިފައިވެ އެވެ.
އެކަމާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment