Advertisement

ގަވާއިދާ އެއްގޮތަށް ޖަލްސާތައް ނުބާއްވައި މަޖިލިސް އީދު ޗުއްޓީއަށް

4 ޖޫން 2025 - 10:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ގަވާއިދާ އެއްގޮތަށް ޖަލްސާތައް ނުބާއްވައި މަޖިލިސް އީދު ޗުއްޓީއަށް

4 ޖޫން 2025 - 10:15 0

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު މިދިޔަ ހޯމަ ދުވަހު ފަށައި، ގަވާއިދާ އެއްގޮތަށް އިއްޔެ އާއި މިއަދު ވެސް މަޖިލީހުގެ ޖަލްސާ ނުބާއްވައި އީދު ޗުއްޓީއަށް ގޮސްފި އެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށްފަހު، އެ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާލެއްވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް އިއުލާން ނުކުރައްވަ އެވެ.

މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސާ އަހުމަދު މާން އަސްއަދު އަދަދު އަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އީދު ޗުއްޓީއަށް ފަހު ކަމަށެވެ. މަޖިލީހުގެ ޖަލްސާއެއް އިއްޔެ އާއި މިއަދު ވެސް ބާއްވާފައި ނުވަނީ ކީއްވެގެން ކަމެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާއަށް ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އެ ދުވަހު ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކޮށްފައިވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ. އެގޮތުން މަޖިލިސް ޖަލްސާތައް ބާއްވަމުންދަނީ ހޯމް، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ނަމަވެސް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ހަފްތާއަކު ތިން ދުވަހު ނުބާއްވާކަން ފާހަގަކުރެވެ އެވެ.

މަޖިލިސް ޖަލްސާތައް ގަވާއިދުން ނުބާއްވާތީ ބައެއް މީހުންދަނީ ފާޑުކިޔަމުންނެވެ. އަދި ސަރުކާރުން މަޖިލިސް ކޮންޓްރޯލްކޮށް، މިހާރު މަޖިލިސް ބާއްވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މެއި 15، ގަ އެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި 32 ޖަލްސާއެއް ބާއްވައި ނުވަ ބިލެއް ފާސްކުރި އެވެ.