Advertisement

ނިމުނު މަހުގެ ކަރަންޓު ބިލު އާ ޓެރިފު ރޭޓުތަކުގައި ހިސާބުކުރަން ފެނަކައިން ނިންމައިފި

2 ޖޫން 2025 - 18:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގދ. ތިނަދޫގައި ހުންނަ ފެނަކަ އޮފީސް: މަދު ރަށްތަކެއް ފިޔަވައި ހުރިހާ ރަށެއްގައި ކަރަންޓު ފޯރުކޮށްދެނީ ފެނަކައިން -- ފޮޓޯ: އަދަދު ފައިލް


ނިމުނު މަހުގެ ކަރަންޓު ބިލު އާ ޓެރިފު ރޭޓުތަކުގައި ހިސާބުކުރަން ފެނަކައިން ނިންމައިފި

2 ޖޫން 2025 - 18:16 0

ކަރަންޓުގެ އަގު ހެޔޮކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ނިންމަވަމުން އިއުލާނުކުރެއްވީ ކަރަންޓުގެ ޓެރިފް ރޭޓުތައް ބޭނުންކޮށްގެން ނިމުނު މަހުގެ ބިލުތައް ހިސާބުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.

އެ ކުންފުނިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ބިލަށް ވެސް ޗާޖު ކުރާނީ އަލަށް ކަނޑައަޅި ޓެރިފް ރޭޓުތަކުގައި ކަމަށެވެ. އަދި މިދިޔަ މަހުުގެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް މިމަހުގެ ބިލުން އެ ބައި އުނިކޮށްދޭނެ ކަމަށް ފެނަކައިން ބުންޏެވެ.

"މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ބިލުން އެބައި އުނިކުރެވިގެންދާނެ، މެއި މަހުގެ ބިލު އަދި ދައްކާފައި ނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭތުގައި އަލުން ބިލު ޖެނެރޭޓު ކުރެވިގެންދާނެ،" ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ހިއްސާކުރި ޕޯސްޓުގައިވާ ޓޭބަލްގައި ވާގޮތުން އަންނަ މަހުން ފެށިގެން ކަރަންޓު ބިލުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެ ބަދަލު ތަކަކީ:

  • 0 - 100 ބޭންޑު - މިހާރުގެ ރޭޓު: 1.50 އާ ރޭޓު:1.25
  • 101 - 200 ބޭންޑު - މިހާރުގެ ރޭޓު: 1.70 އާ ރޭޓު: 1.50
  • 201 - 300 ބޭންޑު - މިހާރުގެ ރޭޓު: 2.15 އާ ރޭޓު: 1.50
  • 301 - 400 ބޭންޑު - މިހާރުގެ ރޭޓު: 2.50 އާ ރޭޓު: 1.50
  • 401 - 500 ބޭންޑު - މިހާރުގެ ރޭޓު: 2.95 އާ ރޭޓު: 2.66
  • 501 - 600 ބޭންޑު - މިހާރުގެ ރޭޓު: 3.55 އާ ރޭޓު: 3.20
  • 600 ++ ބޭންޑު - މިހާރުގެ ރޭޓު: 4.25 އާ ރޭޓު: 3.83

މި ރޭޓުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގުމަށް ކަނޑައެޅުނު ރޭތުތަކެކެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށް ކަރަންޓު ދެމުންދާ ސްޓެލްކޯއިން ވެސް ވަނީ މި ރޭޓުތަކުގައި ޗާޖު ކުރަން ފަށައިފަ އެވެ.

މި ބަދަލާއެކު ކަރަންޓު ބިލުތައް ކުޑަވި ނަމަވެސް، ކަރަންޓުގެ ހިދުމަތް ދިނުމަށް ދައުލަތުން ކުރާ ހޭދަ އިތުރަށް ބޮޑުވާނެ އެވެ. އަދި މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.

ފެނަކައިން ދަށް ރޭޓެއްގައި ކަރަންޓު ބިލުކުރަން ނިންމިއިރު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން އާ ޓެރިފްތައް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.