Advertisement

އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ

1 ޖޫން 2025 - 13:04 3

މާލެ ސަރަހައްދަށް ކަރަންޓު ދޭ ބައެއް އިންޖީނުތައް


އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ

1 ޖޫން 2025 - 13:04 3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އެގޮތުން، މާލެ، ހުޅުމާލެ، އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި. މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން،" ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި ކަރަންޓު ގްރިޑު އެއްކޮށް ނިވުނީ އާތު ފޯލްޓެއްގެ ސަބަބުންނެވެ.

"ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑު އަލުން އެނަޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ. ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާ ހުޅުމާލެ ޖެންސެޓުތައް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" ސްޓެލްކޯއިން ބުނެފައި ވެ އެވެ.

އެއާޕޯޓުން ކަރަންޓު ކެނޑިފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.