ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް މަގާމުން ވަކިކޮށްފި

ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް އަޒްހަދު: އޭނާ ވަނީ މިއަދު މަގާމުން ވަކިކޮށްފައި -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑް އަޒްހަދު: އޭނާ ވަނީ މިއަދު މަގާމުން ވަކިކޮށްފައި -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީކަމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކުރިތާ ގަޑިއިރުތަކެއް ފަހުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު ރަމީޒް ވެސް މަގާމުން ވަކިކޮށްފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން ހަވާލުވި ޑރ. އަލީ އަޒްވަރު ވަނީ އަޒްހަދު މަގާމުން ވަކިކޮށްފަ އެވެ.

އަޒްހަދުގެ ބަދަލުގައި ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާ އެވެ.

Advertisement

ޝަމާހް އާއި އަޒްހަދު މަގާމުން ވަކިކުރި ފަހުން ޝަމާހްގެ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯގައި ޝަމާހު ވަނީ ސްޓެލްކޯގައި ހިންގާ ވައްކަންތައް އަޒުހަދަށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ ސައްހަ އޯޑިއޯއެއްކަން މިހާތަނަށް ކަށަވަރެއް ނުވެ އެވެ.

ސްޓެލްކޯއާ 2015 ވަނަ އަހަރު ގުޅުނު އަޒްހަދު މި ސަރުކާރު ވެރިކަމަށް އައިއިރު ހުރީ ޕްރޮކިއުމަންޓް އޮފިސަރެއްގެ ގޮތުގަ އެވެ. ނަމަވެސް ސްޓެލްކޯގެ އެމްޑީއަކަށް ފަހުމީ ހަމަޖެއްސިފަހުން އޭނާއަށް ޕްރޮކިއުމަންޓް ހެޑްކަން ދިނެވެ.

ސްޓެލްކޯގެ އެމްޑީ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން އަދި ޕީސީބީން ވެސް ހާމައެއް ނުކުރެ އެވެ. އޭގެއިތުރުން ޕްރޮކިއުމަންޓް ހެޑް ވަކިކުރި ސަބަބެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ.

މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީއަކަށް އެންމެ ފުރަތަމަ އައްޔަންކުރީ ހުސައިން ފަހުމީ އެވެ. އޭނާ ވަކިކުރީ މިދިޔަ ސެޕްޓެމްބަރު 7، ގަ އެވެ. ފަހުމީގެ ބަދަލުގައި ޝަމާހު އައްޔަންކުރީ އެ ދުވަހު ކަމަށްވާއިރު، އޭނާ މަގާމުގައި ހޭދަވީ އެންމެ ހަތަރު މަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox