1 ޖޫން 2025 - 09:56 0
މުހައްމަދު ޝަހްޒާން
ފުލުހުންގެ ވެހިކަލްއެއް މާލޭގައި ޕެޓްރޯލް ކުރަނީ -- ފޮޓޯ: އަދަދު ފައިލް
1 ޖޫން 2025 - 09:56 0
ތަފާތު އެކި މައްސަލަތަކުގައި މީގެ ކުރިން 20 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިބްރާހިމް ޖަމާލް، 33، ޝަރަފް، އދ. މަހިބަދޫ އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ މާފަންނު އިއްޒުއްދީން މަގުގައި ހުންނަ ހަސަން މެރިން ކައިރިން ކަމަށެވެ.
އެނާ ހައްޔަރު ކުރީ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހުންތަކެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. އެ ސަރަހައްދުގައި ހަރަކާތްތެެރިވަމުންދިޔަ ފުލުހުން އޭނާ ހުއްޓުވައި ސުވާލު ކުރުމުން ޖީބުން އައިފޯން 16 ޕްރޯ މެކްސްއެއް ނަގާފައިވާ ކަމަށާއި އެ ފޯނަކީ ހެންވޭރު ސޯސަންމަގަށް ވެއްޓިފައި އޮއްވައި ހޮވި ފޯނެއް ކަމަށް ޖަމާލް ބުނި ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައި ވަނީ ޖަމާލްއަކީ މީގެ ކުރިން އެކި މައްސަލަތަކުގައި 20 ފަހަރު ހައްޔަރުކޮށް އޭގެތެރެއިން އަށް ފަހަރު ބަންދުގެ މުއްދަތު ޖަހާފައިވާ މީހެއް ކަމަށެވެ.
Comment