Advertisement

ޔުނައިޓެޑްގެ އޮފާ ދޫކޮށް ޑެލަޕް ޗެލްސީއާ ދިމާލަށް

30 މޭ 2025 - 07:55 0


ޔުނައިޓެޑްގެ އޮފާ ދޫކޮށް ޑެލަޕް ޗެލްސީއާ ދިމާލަށް

30 މޭ 2025 - 07:55 0

ޔުނައިޓެޑް (މެއި 30) - މެންޗެސްޓާ ޔުނައިޓެޑުން ލިބިފައި އޮތް އޮފާ ދޫކޮށްލައި، އިޕްސްވިޗް ޓައުންގެ ފޯވާޑް، ލިއަމް ޑެލަޕް، ޗެލްސީ އަށް ބަދަލުވާން ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މެންޗެސްޓާ ސިޓީ އެކަަޑަމީން ޕްރޮމޯޓްވެ، ސީނިއާ ޓީމުގައި ވެސް ހިމެނުނު ޑެލަޕް، 22، މިދިޔަ އަހަރު އިޕްސްވިޗަށް ބަދަލުވީ 23 މިލިއަން ޑޮލަރަށް ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އިޕްސްވިޗް، ލީގުން ރެލިގޭޓްވެއްޖެނަމަ، ޑެލަޕް އަށް އެހެން ޓީމަކަށް ވަކި ފީ އަކަށް ބަދަލުވެވޭ ގޮތަށް އެ އެއްބަސްވުމުގައި ހިމެނި އެވެ.

ސިޓީގެ ސީނިއާ ޓީމަށް ދެ މެޗުގައި ކުޅުނު، ޑެލަޕް، މި ސީޒަނުގައި 12 ގޯލު ލީގުގައި ޖެހި ނަމަވެސް އިޕްސްވިޗް ވަނީ ރެލިގޭޓްވެފަ އެވެ.

ޔުނައިޓެޑުން ޑެލަޕްގެ ސޮއި ހޯދަން މަޝްވަރާތަކެއް ކޮށް، އޭނާގެ ފީ ދައްކަން ތައްޔާރުވި ނަަމަވެސް، ޗެލްސީން މިހާރު ވަނީ އެ ރޭހަށް ވަދެ، ޑެލަޕްގެ ޑީލް ނިންމުމާ ގާތަށް ޖެހިލައިފަ އެވެ.

ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ވަނީ ޑެލަޕްއާ އެކު، ސިޓީގައި މަސައްކަތްކޮށްފަ އެވެ. ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީ އަންނަ ސީޒަނަށް ވަރުގަދަ ކުރުމުގެ ގޮތުން އެކި ޓްރާންސްފާތައްކޮށް ސްކޮޑަށް ބަދަލުތަކެއް ގެންނާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފަ އެވެ.