Advertisement

އަންހެނުންގެ ނޯޓަރީ ސްޓޭމްޕުގައި ސޮއިކުރުމުން ޒުންނަވާރުގެ ދެމަފިރިންގެ ހުއްދަ ހިފަހައްޓައިފި

29 މޭ 2025 - 10:41 2

ޒުންނަވާރު ސަލީމް: ކުރިން ވެސް މިފަދަ މައްސަލައެއްގައި އޭނާ ޖޫރިމަނާކުރި -- ފޮޓޯ: ސޯޝަލް މީޑިއާ


އަންހެނުންގެ ނޯޓަރީ ސްޓޭމްޕުގައި ސޮއިކުރުމުން ޒުންނަވާރުގެ ދެމަފިރިންގެ ހުއްދަ ހިފަހައްޓައިފި

29 މޭ 2025 - 10:41 2

އެހެން ވަކީލަކަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕް ބޭނުންކޮށްގެން އެއްބަސްވުމެއް ނޯޓަރަައިޒް ކޮށްދިން މައްސަލައިގައި، ވަކީލު ޒުންނަވާރު ސަލީމް އާއި އޭނާގެ އަނބިމީހާ، މެހެނާޒު ހުސެއިންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފަހައްޓަން ބާ ކައުންސިލުން ނިންމައިފި އެވެ.

މި މައްސަލައިގައި ޒުންނަވާރުގެ ދެމަފިރިންނާ ދެކޮޅަށް ފިޔަވަޅު އެޅީ، 2021 ގައި ނޯޓަރައިޒްކޮށްދިން މައްސަލައަކާ ގުޅިގެންނެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ޒުންނަވާރު އެ އެއްބަސްވުން ނޯޓަރައިޒްކޮށްދިނީ މެހެނާޒު ހުސެއިންއަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕު ބޭނުންކޮށްގެންނެވެ. އޭގައި މެހެނާޒުގެ ސޮއިކުރީ ވެސް ޒުންނަވާރެވެ.

ބާ ކައުންސިލުން ބުނީ، މިއީ ޕަބްލިކް ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ. އަދި މިއީ ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ސައްހަކަމާ މެދު ސުވާލުއުފެދި، ވަކީލުންގެ އިތުބާރު ގެއްލި، ގާނޫނީ ވަކީލެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދޭ އަމަލެއް ކަމަށް ބާ ކައުންސިލުން ބުންޏެވެ.

މި މައްސަލައިގައި މެހެނާޒުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ އަހަރަކަށް އަދި ޒުންނަވާރުގެ ވަކީލު ކަމުގެ 15 މަސް ދުވަހަށް ހިފަހައްޓަން ނިންމާފަ އެވެ. މި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ގާނޫނީ ހިދުމަތް ދިނުން މަނާ ވާނެ އެވެ.

ޒުންނަވާރުގެ ދެމަފިރިންނަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، އެންމެ ފުރަތަމަ ޖޫރިމަނާ ކުރި ދެ މީހުންނެވެ. އެ ފަހަރު ޖޫރިމަނާ ކުރީ ވެސް މެހެނާޒުގެ ސްޓޭމްޕް ޒުންނަވާރު ބޭނުންކުރި މައްސަލަ ސާބިތުވެގެންނެވެ.