Advertisement

ލިވަޕޫލް ދޫކޮށްލައި ސަލާހު ސައުދީ އަށް ދިއުމުގެ ފުރުސަތު އޮތް

29 މޭ 2025 - 08:09 0


ލިވަޕޫލް ދޫކޮށްލައި ސަލާހު ސައުދީ އަށް ދިއުމުގެ ފުރުސަތު އޮތް

29 މޭ 2025 - 08:09 0

ގާހިރާ، މިސްރު (މެއި 29) - ލިވަޕޫލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އާ ނުކޮށް ދިޔަ މުއްދަތުގައި، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ޓީމަކާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ލިވަޕޫލަށް މި ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދޭން މުހިންމު ރޯލެއް ކުޅުނު މިސްރުގެ ތަރި މުހައްމަދު ސަލާހު ބުނެފި އެވެ.

މި ސީޒަނުގައި، ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ޕްލޭމޭކަރުގެ މަގާމު ހޯދި ސަލާހު ވަނީ މި ލަނޑާ އެކު ރެކޯޑަކާ ހަމަކޮށްފަ އެވެ. އެ ގޮތުން، ސަލާހު ވަނީ ލީގުގައި މި ފަހަރު ގޯލާއި ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުސަތުތަކަށް ބަލާއިރު، 47 ހަމަކޮށްފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، ނުވަދިހައިގެ އަހަރުތަކުގައި އެކަން ހާސިލްކުރި، ނިއުކާސަލްގެ އެންޑީ ކޯލް އާއި ބްލެކްބާންގެ އެލަން ޝިއަރާ އެވެ. ކޯލް އާއި ޝިއަރާ އެކަން ހާސިލްކުރިއިރު، ލީގުގައި 44 މެޗު ކުޅެ އެވެ. ސަލާހު ވަނީ 38 މެޗުން އެކަން ހާސިލްކޮށްފަ އެވެ.

މިދިޔަ މަހު ލިވަޕޫލާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ކުރިން، ސަލާހު، 32، އަށް ތިން އަހަރު ތެރޭ 500 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އޮފާއެއް ސަައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން ހުށަހެޅި އެވެ. ސަލާހު، ލިވަޕޫލާ އެކު ސޮއިކުރުމުގެ ކުރިން ސައުދީ ޕްރޯ ލީގާ ގިނަ ވާހަކަތަކެއް ދެއްކި އެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ އަހަރެންގެ ކޮންޓްރެކްޓް ކަންކަން އޮތީ ލިވަޕޫލް އަތްމަތީގައޭ. ދެން، އެ ގޮތަށް ކުރިއަށް ނުދިޔަނަަމަ ތެދެއް، ސައުދީ ލީގަށް އަހަރެން ދިއުމުގެ ފުރުސަތު އޮތް، އެކަމަކު، މުހިންމު ކަމަކީ، އަހަރެން މި ހުރީ ލިވަޕޫލްގައި،" މިސްރުގެ ޓީވީ އަކަށް ދިން އިންޓަވިއުގައި ސަލާހު ބުންޏެވެ.

އޭނާ ބުނީ، ފުޓްބޯޅަ ކެރިއަރު އުމުރުން 40 އަހަރު ވަންދެން ކުރިއަށްގެންދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި ކުޅުން ހުއްޓާލަން ނިންމާނީ އަމިއްލަ ނަފްސަށް އެކަން ގަބޫލުކުރެވޭ ހިސާބުން ކަމަށެވެ.

ލިވަޕޫލަކީ އޭނާގެ ކެރިއަރުގެ ފަހު ކްލަބް ކަމަށް ބުނަން ނޭނގޭ ކަމަށާއި ޔަގީންކަމަކީ، ލިވަޕޫލާ އެކު، މިހާރު އޮތް ކޮންޓްރެކްޓަށް ފަހު ވެސް ޕްރޮފެޝަނަލް ކެރިއަރު ކުރިއަށްގެންދާނެކަން ކަމަށް ސަލާހު ވަނީ ބުނެފަ އެވެ.