28 މޭ 2025 - 14:44 0
އުރީދޫގެ ސީއީއޯ އަދި ސީއޯއޯ މި އެވޯޑާއެކު. އުރީދޫއަކީ ރާއްޖޭގައި ވެސް ކަސްޓަމަރުންގެ ބޮޑު އިތުބާރެއް އޮތް ކުންފުންޏެއް --- ފޮޓޯ: އުރީދޫ މޯލްޑިވްސް
28 މޭ 2025 - 14:44 0
އޭޝިއާ ޕެސެފިކް ގައުމުތަކުގެ މުއާސަލާތީ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ދެމުން އަންނަ "ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް" ގައި މި އަހަރު ވެސް ކުދި ގައުމުތަކުގެ އެންމެ ވަރުގަދަ މުއާސަލާތީ ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެ އެވެ.
މިދިޔަ އަހަރާއި މި އަހަރު ވެސް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު ހޯދީ އުރީދޫއިންނެވެ. މި ކެޓަގަރީގައި ވާދަކުރަނީ ދެ މިލިއަން މީހުން އާބާދީގައި ހަމަނުވާ ގައުމުތަކުގެ މުއާސަލާތީ ކުންފުނިތަކުންނެވެ.
"ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ފަހުރެއް ކަމަށާއި ހަގީގަތުގައި ވެސް ދައްކުވައިދެނީ ދިވެހިރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
މި އަހަރުގެ އެވޯޑު އުރީދޫއިން ހޯދީ ރާއްޖެ، ބުރުނާއީ އަދި ބޫޓާންގެ ކުންފުނިތަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ދިރާގު، ބުރޫނާއީގެ ޑީއެސްޓީ އަދި ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތައް ހިމެނެ އެވެ.
ޓްވިމްބްޓް ޓެލެކޮމް އެވޯޑްސްއަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ.
ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި، ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ދެމިއޮންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
Comment