Advertisement

ގެއަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު މީހަކު 15 ދުވަހަށް ބަންދުކޮށްފި

28 މޭ 2025 - 11:31 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގެއަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު މީހަކު 15 ދުވަހަށް ބަންދުކޮށްފި

28 މޭ 2025 - 11:31 0

މާލޭގެ ގެއަކުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު ދިވެއްސަކު 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ރ. މާކުރަތު، ޗަނބޭލީގެ, އަބްދުالله މުޝްފިރު، 34އ. އެވެ. އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ވައްކަން ކުރަން އުޅުމުގެ ތުހުމަތެވެ.

މުޝްފިރުގެ ބަންދު އަމުރުގައިވާ ގޮތުން ހުއްދަ ނުހޯދައި އޭނާ ވަން ގެއިން އޭނާ ހުއްޓުވުމުން އެ ގެއަށް ވަނީ މަސްތުވާތަކެތި ބޭނުން ކުރަން ކަމަށާއި އޭނާގެ ޖީބުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން އައިސް އެ ގެއަށް ވަނީ ކީއްވެގެންތޯ އެހުމުން މުޝްފިރު ހަނުހުރި ކަމަށާއި އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނެފައިވަނީ އެ ގެއަށް ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.

މުޝްފިރަކީ މީގެ ކުރިންވެސް ވައްކަމުގެ އެކި މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކުރެރެވިފައިވާ މީހެއްކަމަށް ކޯޓުގައި އަމުރުގައި ފާހަގަކޮށްފައި އޮވެ އެވެ.