Advertisement

އަލޮންސޯގެ ޓާގެޓަކީ ރެއާލަށް ހައްގުވާ ލެވަލްގައި ކްލަބަށް ކާމިޔާބު ހޯދައިދިނުން

26 މޭ 2025 - 18:58 0


އަލޮންސޯގެ ޓާގެޓަކީ ރެއާލަށް ހައްގުވާ ލެވަލްގައި ކްލަބަށް ކާމިޔާބު ހޯދައިދިނުން

26 މޭ 2025 - 18:58 0

މެޑްރިޑް (މެއި 26) - ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރެ އޭނާގެ އެންމެ ބޮޑު ޓާގެޓަކީ، އެ ކްލަބް އޮންނަން ހައްގުވާ ލެވަލްގެ ކާމިޔާބީ އެ ޓީމަށް ހޯދައިދިނުން ކަަމަށް ރެއާލްގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯ ބުނެފި އެވެ.

ރެއާލުން މިއަދު ވަނީ ރަސްމީކޮށް އަލޮންސޯ، އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ތައާރަފުކޮށްފަ އެވެ. ރެއާލަށް 236 މެޗު ކުޅެދީފައިވާ އަލޮންސޯ، އެ ކްލަބްގެ ކޯޗުކަމާ ހަވާލުވި ކޮންޓްރެކްޓް އޮތީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލޮންސޯއާ އެކު، އޭނާގެ ކުރީގެ ކްލަބް، ބަޔާ ލެވަކޫސަންގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަަލަށް އޮތްއިރު، އެ އެއްބަސްވުން އުވާލުމަށް، ރެއާލުން 12 މިިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ.

އަލޮންސޯ، ރެއާލްގެ ކޯޗެއްގެ ގޮތުގައި ވާހަކަ ދައްކަމުން، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާއި ބޯޑު މެމްބަރުން ކުރި އިތުބާރަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.


އަދި، 15 ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދާފައިވާ ލެވަލްގެ ކްލަބެއްގެ ކޯޗަކަށް ހުރެ، އޭނާ އަށް ވެސް އޮތީ އެ ލެވަލްގައި ކްލަބް ދެމެހެއްޓުން ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

"މި ކްލަބްގެ ކާމިޔާބީތައް އެންމެނަށް ފެންނަން އެބަހުރި، މި ވަރުގެ ޓީމެއްގައި، މި ކްލަބަށް ހައްގުވާ ލެވަލްގެ ކާމިޔާބީ ހޯދުން ޓާގެޓަކަށް ވާން ޖެހޭނީ، އެހެންވީމަ، ރެއާލުން ބޭނުންވާ ލެވަލްގައި މި ކްލަބް ގެންދަން އަހަރެން އަމާޒުހިފައިފިން،" އަލޮންސޯ ބުންޏެވެ.

އަލޮންސޯ ވަނީ އެންމެ ފަހުން ރެއާލްގެ ކޯޗަކަށް ހުރި ކާލޯ އަންޗެލޮޓީގެ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެެވެ. އަދި، އަންޗެލޮޓީ ފަދަ ތަޖުރިބާކާރު ކޯޗަކާ އެކު، މަސައްކަތް ކުރި ޓީމެއް އޭނާ އަށް ލިބޭއިރު، އޭގެ ފަސޭހަތަކެއް ހުންނާނެ ކަމަށާއި ބޭނުންވަނީ، ރެއާލްގެ ސަޕޯޓަރުން ހިތްހަމަޖެހޭ ފަދަ ކުޅުމެއް ދައްކައި، ކާމިޔާބު ހޯދުމަށް ކަމަށެެވެ.

އަލޮންސޯއާ އެކު، ރެއާލުން ތައްޔާރުވަނީ، އަންނަ މަހު އެމެރިކާގައި ފަށާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށެވެ.