25 މޭ 2025 - 15:24 0
25 މޭ 2025 - 15:24 0
ޕެރިސް، ފްރާންސް (މެއި 25) - ފްރެންޗް ކަޕުގެ ކާމިޔާބީ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުންނައިރު، ފައިނަލަށް ތައްޔާރުވުމަށް ލިބޭ ހިތްވަރެއް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ޕީއެސްޖީ އިން ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2020 ވަނަ އަހަރު ކުޅެފަ އެވެ. އެކަމަކު އެ ފަހަރު ފައިނަލުގައި ބަޔާން މިއުނިކް އަތުން ވަނީ ބަލިވެފަ އެވެ.
ޕީއެސްޖީ އިން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުރިން ރޭ ޕީއެސްޖީ އިން ވަނީ 3-0 ގެ ނަތީޖާއަކުން ރެއިމްސް ބަލިކޮށް ފްރެންޗް ކަޕު ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީގެ ލަނޑުތައް ޖެހީ، ބްރެޑްލީ ބަކޯލާ ދެ ގޯލާއި އަޝްރަފް ހަކީމީ އެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ ޕީއެސްޖީ އިން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ 31 ގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކަމަށެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލަކީ އެންމެ މުހިންމު އެތި. އަހަރެމެން ބޭނުން ތާރީހުގައި ލިޔެވެން. އަހަރެމެން މިތިބީ ތައްޔާރަށް. އަހަރެމެންނަކީ އަސްލު ޓީމު. އަހަރެމެން މިތިބީ ތަށިތައް ހޯދަން." އެންރީކޭ ބުންޏެވެ.
ބާސެލޯނާއާ އެކު މީގެ ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި، އެންރީކޭ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ލިބުމާ އެކު މުޅި ޓީމުގެ ފޯކަސް ހުރީ ފައިނަލަށް ކަމަށާއި، އޭގެ ކުރިން ފްރެންޗް ކަޕުގެ ފައިނަލް ކާމިޔާބު ކުރެވުން އެއީ މުޅި ޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ.
އެންރީކޭ ވަނީ ޕީއެސްޖީގައި ޒުވާން ސްކޮޑެއް އޮތް ނަމަވެސް ފައިނަލުގައި އެ ކުޅުންތެރިންގެ ބޭނުން ހިފޭނެ ކަމަށެވެ. އަދި ޕީއެސްޖީ އިން ތާރީހުގައި ލިޔެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.
Comment