25 މޭ 2025 - 14:13 0
ސާއިފް ޝިޔާދު
އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އާއެކު ރާއްޖޭގެ ވަޒީރު ހަލީލް. އިންޑިއާ ސަރުކާރުން އަންނަނީ ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން --- ފޮޓޯ: ފޮރިން މިނިސްޓްރީ
25 މޭ 2025 - 14:13 0
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެއްބަސްވި ރާއްޖެ-އިންޑިއާ "ވިޝަން ޑޮކިއުމެންޓް" ގެ ރަސްމީ މަޝްވަރާތަކަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޮކްޓޯބަރު 2024، ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއެކު ބޭއްވި ބައްދަލުވުމަށް ފަހު ދެ ގައުމުން އެއްބަސްވި "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް" ތަންފީޒު ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް ހަލީލު ކުރައްވާ ދަތުރެކެވެ. މި ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ޖެނުއަރީ 29، 2025 ގަ އެވެ.
މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ހަލީލު ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.
ހަލީލު އާއެކު ރައީސް އޮފީސް، ޑިފެންސް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެ އެވެ.
އެ
Comment