Advertisement

މާޒިޔާ އިން ބަލާނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން

25 މޭ 2025 - 08:13 0

އަތޫފް އާތިފް

އަތޫފް އާތިފް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް -- ފޮޓޯ: އަދަދު


މާޒިޔާ އިން ބަލާނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން

25 މޭ 2025 - 08:13 0

އެފްއޭއެމް ލީގު ކަޕް 2025 ގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުކުންނައިރު، މާޒިޔާ އިން މި މެޗުގައި ބަލާނީ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުމަށް ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

މާޒިޔާ އިން މުބާރާތުގެ ސެމީ އަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ.

އަދަދު ސްޕޯޓްސްއާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ލުއިސްމާ ބުނީ، މިއަދުގެ މެޗަށް ނުކުންނައިރު، މާޒިޔާ އިން ބަލާނީ މެޗުގެ ކޮންޓްރޯލް ނަގައިގެން މާޒިޔާގެ ގޭމް ކުޅޭވޭތޯ ކަމަށެވެ.

"އަހަރެން ކުޅުންތެރިން ކައިރީ މި ބުނަނީ މި މެޗު ފަށައިގެން ވެސް އަހަރެމެން އެބަ ޖެހެއޭ މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން. މިދިޔަ މެޗުގައި ވެސް މެޗުގެ ކޮންޓްރޯލް ގެއްލުނީމަ އެއްވަރުވެގެން ނިމުނީ." ލުއިސްމާ ބުންޏެވެ.

ލުއިސްމާ ބުނީ ލީގު ކަޕުގައި ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނީ ތަޖުރިބާ ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިހާރު ކޮންމެ ހާލަތެއްގައިވެސް ޓީމުން އެކުޅުންތެރިންގެ ބޭނުން ހިފޭނެ ކަމަށާއި، ޒުވާން ކުޅުންތެރިންނަށް އޭނާގެ އިތުބާރު އެބައޮތް ކަމަށް ލުއިސްމާ ބުންޏެވެ.

ސެމީ ފައިނަލުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރާ މެޗު ކުޅޭނީ މިއަދު ހަވީރު 04:00 ގަ އެވެ.