Advertisement

ޓެރިފް ނެގިޔަސް އެމެރިކާގައި އެންމެ އަގުހެޔޮވާނީ އިންޑިއާގައި އުފައްދާ އައިފޯނު

25 މޭ 2025 - 08:18 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

އެޕަލްގެ ގިނަ އުފެއްދުންތަކަކީ ޒަމާނުއްސުރެ އެމެރިކާއިން ބޭރުގައި އުފައްދާ ތަކެތި --


ޓެރިފް ނެގިޔަސް އެމެރިކާގައި އެންމެ އަގުހެޔޮވާނީ އިންޑިއާގައި އުފައްދާ އައިފޯނު

25 މޭ 2025 - 08:18 0

އިންޑިއާގައި އުފައްދާ އައިފޯނަށް 25 ޕަސެންޓު ޓެރިފެއް އެމެރިކާއިން ނެގިޔަސް، އެމެރިކާގައި އުފައްދާ ފޯނަށް ވުރެ އިންޑިއާގެ އުފެއްދުން މާ އަގުހެޔޮވާނެ ކަމަށް ގްލޯބަލް ޓްރޭޑް ރިސާޗް އިނިޝިއޭޓިވް (ޖީޓީއާރްއައި) ގެ ރިޕޯޓަކުން ދައްކައިފި އެވެ.

އިންޑިއާގައި އައިފޯނު އުފައްދަން އެޕަލްއިން ނިންމައިފިނަމަ، އިންޑިއާއިން އެމެރިކާ އަށް އެތެރެކުރާ އައިފޯނަށް 25 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑު ޓްރަމްޕް ވިދާޅުވެފައި ވާއިރު، ޖީޓީއާރްއައިގެ ރިޕޯޓުން ދައްކާ ގޮތުގައި މިފަދަ ޑިއުޓީއެއް ނެގިޔަސް އިންޑިއާގައި އުފައްދާ އުފެއްދުން އަގުހެޔޮވާނެ އެވެ.

ރިޕޯޓުގައި ވަނީ 1،000 ޑޮލަރުގެ އައިފޯނެއްގެ އަގު އެކުލެވިގެންވާ ގޮތް ތަފްސީލުކޮށް ދައްކާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ނަގަނީ އެޕަލްއިންނެވެ. އެއީ ބްރޭންޑް، ސޮފްޓްވެއާ އަދި ޑިޒައިންގެ ގޮތުގައި ގާތްގަނޑަކަށް 450 ޑޮލަރެވެ.

އެމެރިކާގެ ކޮމްޕޯނަންޓް އުފައްދާ ފަރާތްތަކުން 80 ޑޮލަރު، ޓައިވާނުން 150 ޑޮލަރު، ދެކުނު ކޮރެއާއިން 90 ޑޮލަރު އަދި ޖަޕާނުން 85 ޑޮލަރުގެ ހިއްސާއެއް އޮވެ އެވެ. ޖަރުމަނުވިލާތް، ވިއެޓްނާމް އަދި މެލޭޝިއާގެ ޖުމްލަ ހިއްސާއަކީ 45 ޑޮލަރެވެ.

ޖީޓީއާރްއައިން ބުނާ ގޮތުގައި އައިފޯނު އެސެމްބްލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާ އަދި އިންޑިއާއަށް ލިބެނީ އައިފޯނެއްގެ ޖުމްލަ އަގުގެ 3 އިންސައްތައަށްވުރެ ކުޑަ އަދަދެކެވެ. އެއީ ގާތްގަނޑަކަށް 30 ޑޮލަރެވެ.

މި ރިޕޯޓުން ދައްކާގޮތުގައި އިންޑިއާގައި އައިފޯނު އުފެއްދުމުގެ ޚަރަދު ކުޑަވުމުގެ ސަބަބުން، އެމެރިކާއިން ޓެރިފް ނެގިޔަސް އަދިވެސް އަގުހެޔޮކޮށް އުފެއްދޭނެ އެވެ. މިކަމުން އެޕަލްއަށް ފައިދާތަކެއް ކުރާނެ ކަމަށް އެރިޕޯޓްގައި ބުނެފައިވެ އެވެ.

ޖީޓީއާރްއައި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 25 އިންސައްތައިގެ ޓެރިފެއް ނެގިޔަސް އިންޑިއާގައި އައިފޯނު އުފެއްދުމަކީ އަދިވެސް އިޤްތިޞާދީ ގޮތުން އެޕަލްއަށް ފައިދާހުރި ކަމެކެވެ.

މިފައިދާ އިތުރުވަނީ މައިގަނޑު ގޮތެއްގައި އިންޑިއާ އާއި އެމެރިކާގެ މަސައްކަތު އަގުގެ ބޮޑު ތަފާތުގެ ސަބަބުންނެވެ. އިންޑިއާގައި އެސެމްބްލީ މަސައްކަތްތެރިންނަށް މަހަކު ގާތްގަނޑަކަށް 230 ޑޮލަރު ލިބޭއިރު، އެމެރިކާގެ ކެލިފޯނިއާ ފަދަ ސްޓޭޓްތަކުގައި މަސައްކަތު އަގު މަހަކު 2،900 ޑޮލަރަށް އަރަ އެވެ. މިއީ 13 ގުނަ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގައި އައިފޯނެއް އެސެމްބްލްކުރުމުގެ އަގަކީ 30 ޑޮލަރު ކަމުގައިވާއިރު، އެމެރިކާގައި މި މަސައްކަތް ކުރުމުގެ އަގު 390 ޑޮލަރަށް އަރާނެ އެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން އެޕަލްއަށް އުފެއްދުންތެރިކަމާ ގުޅުވައިގެން ދޭ އިނާޔަތްތަކުގެ (ޕީއެލްއައި) ފައިދާ ވެސް ލިބެ އެވެ.

އެޕަލްއިން އުފެއްދުން އެމެރިކާއަށް ބަދަލުކޮށްފިނަމަ، އައިފޯނަކުން ލިބޭ ފައިދާ 450 ޑޮލަރުން 60 ޑޮލަރަށް ވެއްޓޭނެ އެވެ.

ޖީޓީއާރްއައި ރިޕޯޓުން ފާހަގަކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި މަސައްކަތްކުރާ މަދައްކަތްތެރިންގެ މަސައްކަތުގެ އަގުގެ ތަފާތު ބޮޑުވުމުގެ ސަބަބުން، އެމެރިކާއިން ވިޔަފާރީގެ ހުރަސްތަކެއް ކުރިމަތިކުރިޔަސް އިންޑިއާއަކީ އުފެއްދުންތެރިކަމަށް ވާދަވެރި އޮޕްޝަނެއް ކަމުގަ އެވެ.