23 މޭ 2025 - 15:27 0
އަހުމަދު އާއިދު
އުރީދުން ނޭޝަން އިން މީގެކުރިން ކުރިއަށް ގެންދިޔަ އީ ސްޕޯޓްސް މުބާރާތެއްގެ ތެރެއިން --- ފޮޓޯ: އުރީދޫ ނޭޝަން
23 މޭ 2025 - 15:27 0
އުރީދޫ ނޭޝަނުން ކުރިއަށް ގެންދާ އިންޓަ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއީ ރާއްޖޭގެ ކޮލެޖުތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ގައުމީ ފެންވަރުގެ އީސްޕޯޓްސް މުބާރާތެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 29 ގަ އެވެ. ކޮލެޖުތަކުގެ ޓީމުތަކަށް ތިން އީ ސްޕޯޓްސް ޓައިޓަލް ކަމަށްވާ، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، އަދި އީއޭއެފްސީ 25 ގައި ބައިވެރިވެވޭނެ އެވެ.
ކޮންމެ ޓައިޓަލަކުން ވަނަތަކަށް ދާ ޓީމުތަކަށް ޖުމްލަ 10،000ރ. ގެ އިނާމު ޕޫލެއް ކަނޑައަޅާފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ.
ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު:
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހު 25 ގެ ރޭ 11:59 އެވެ. ކޮލެޖުތަކުން ބައިވެރިވާ ކޮންމެ ޓައިޓަލް އަކަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 100ރ. ދައްކަން ޖެހޭނެ އެވެ.
އުރީދުން ބުނާ ގޮތުގައި މިއީ ރާއްޖޭގައި އީސްޕޯޓްސް ގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.
މި މުބާރާތުގެ މެޗުތަކާއި އިވެންޓުތައް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Comment