Advertisement

"ގްރޯ ވިތު އުރީދޫ" ގަސް އިންދުމުގެ ޕްރޮގްރާމް އައްޑޫ ސިޓީއަށް

22 މޭ 2025 - 22:06 0


"ގްރޯ ވިތު އުރީދޫ" ގަސް އިންދުމުގެ ޕްރޮގްރާމް އައްޑޫ ސިޓީއަށް

22 މޭ 2025 - 22:06 0

ތިމާވެށީގެ ދެމެހެއްޓެނިވި ކަމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން "ގްރޯ ވިތް އުރީދޫ" އިނީޝިއޭޓިވްގެ ދަށުން އައްޑޫ ސިޓީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އިންދާފައިވާ ކޮންމެ ގަހަކާއެކު ބައިވެރިން ވަނީ އެ މީހުންގެ ވަށައިގެންވާ މާހައުލީ ނިޒާމުގައި ދާއިމީ ނިޝާނެއް ދޫކޮށް، ގުދުރަތީ މުއްސަދިކަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދީފައި ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫގެ ފުޅާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ސްޓްރެޓެޖީގެ ދަށުން ތައާރަފުކުރި "ގްރޯ ވިތު އުރީދޫ" އިނީޝިއޭޓިވްއަކީ ތިމާވެށީގެ މާނަހުރި ފިޔަވަޅުތައް މެދުވެރިކޮށް މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއަރުވައި، އާބަން އޭރިއާތަކުގައި ފެހި ތަންތަން އިތުރުކޮށް، މުޅި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިކޮށްދިނުމަކީ މި ޕްރޮގްރާމުގެ އަމާޒެއް ކަމަށް އުރީދޫއިން ބުނެ އެވެ.

އައްޑޫގައި ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތަކީ ދެމެހެއްޓެނިވި ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ތަސައްވުރު ހާމަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގިނަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.