Advertisement

ނޫނޭޒް ގެންދަން އެތުލެޓިކޯ އާއި ނަޕޯލީން ޝައުގުވެރިވެއްޖެ

22 މޭ 2025 - 10:17 0


ނޫނޭޒް ގެންދަން އެތުލެޓިކޯ އާއި ނަޕޯލީން ޝައުގުވެރިވެއްޖެ

22 މޭ 2025 - 10:17 0

ނޭޕްލްސް، އިޓަލީ (މެއި 22) - ލިވަޕޫލަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް، ޑާވިން ނޫނޭޒް ހޯދަން އިޓަލީގެ ނަޕޯލީ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން، ބެންފީކާ އިން ނޫނޭޒް، 25، ލިވަޕޫލަށް ބަދަލުވީ، 75 މިލިއަން ޔޫރޯ (78 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. އަދި ޓްރާންސްފާ އެއްބަސްވުމުގައި ހިމަނާފައިވާ "އެޑް އޮންސް"އާ އެކު، ޓްރާންސްފާ ފީ 100 މިލިއަން ޔޫރޯ (105 މިލިއަން ޑޮލަރު) އަށް އަރަ އެެވެ.

ބޮޑު އަގުގައި ލިވަޕޫލަށް ބަދަލުވެ، އެ ޓީމުގެ ޓާގެޓްތަކާ އެއްވަރުގެ ކުޅުމެއް ނޫނޭޒަށް ނުދެއްކޭތީ، މިދިޔަ ދެ ޓްރާންސްފާ މާކެޓްގައި ވެސް ލިވަޕޫލުން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވުނެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި، ނޫނޭޒަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބަކުން ވަނީ އޮފާ ލިބިފަ އެވެ. އެކަމަކު، ލިވަޕޫލުން އެއްބަސްނުވާތީ، އެ ޑީލް ކުރިއަށް ނުދިޔަ އެވެ.

މި ސީޒަނުގައި މިހާތަނަށް ލިވަޕޫލްގެ 46 މެޗުގައި ކުޅުނު ނޫނޭޒް ޖެހީ ހަތް ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

އަންނަ މަހުގެ އެއް ވަަނަ ދުވަހު ޓްރާންސްފާ މާކެޓް ހުޅުވޭއިރު، ނޫނޭޒްގެ ސޮއި ހޯދަން ނަޕޯލީ އާއި އެތުލެޓިކޯ އިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، 50 މިލިއަަން ޑޮލަރުގެ ޑީލެއް ލިބުނު ކަމުގައި ވިޔަސް ނޫނޭޒް ދޫކޮށްލަން ލިވަޕޫލުން ތައްޔާރެވެ.

އެތުލެޓިކޯ އިން ދާއިމީ ކޮންޓްރެކްޓެއްގެ ބަދަލުގައި، ނޫނޭޒް ގެންދަން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.