Advertisement

މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ޒުވާނަކަށް ވާނުވާ ޖަހައިފި

21 މޭ 2025 - 14:28 0


މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ޒުވާނަކަށް ވާނުވާ ޖަހައިފި

21 މޭ 2025 - 14:28 0

ހުޅުމާލޭ ހިޔާ ފްލެޓުތައް ކައިރީގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ޒުވާނަކަށް ވާނުވާ ޖަހައި ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މއ. ޝެލްޓަރު، މުހައްމަދު ރައިހާން ހުސައިން، އެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 21:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

"މުހައްމަދު ރައިހާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މިއީ ހިޔާ ޓަވަރު 11 ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި ޒުވާނެކެވެ. އެ މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ ހޯމަ ދުވަހުގެ ރޭ 23:51 ހާއިރު އެވެ.

ދެ މީހަކަށް އަނިޔާ ލިބުނު މި މާރާމާރީގައި އެކަކުގެ ބޯ ފަޅައިގެން ދިޔަ އެވެ. އިތުރު މީހަކަށް ވެސް އަނިޔާ ލިބުނު އިރު އެ ދެ މީހުންގެ ފޯނު ވެސް މާރާމާރީ ހިންގި މީހުން ފޭރިގަތެވެ.