21 މޭ 2025 - 13:26 7
މުހައްމަދު ޝަހްޒާން
ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި ތަމްރީން: ޔޫތު މިނިސްޓްރީގައި މިހާރު ވެސް 200 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބޭ -- ފޮޓޯ: ސޯޝަލްމީޑިއާ
21 މޭ 2025 - 13:26 7
ސްޕޯޓްސް މިނިސްޓްރީއަށް އަނެއްކާ ވެސް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ތަމްރީން ރަޝީދު، 31، ގޮންގަލީ އާބާދު، ގއ. ވިލިނގިލި އެވެ.
ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރުމުން އޭނާ ވަނީ ސޯޝަލްމީޑިއާގައި ރައީސް މުއިއްޒުއަށާއި ވިލިނިގިލި ދާއިރާގެ މަޖިލިސް މެންބަރު، އާޒިމް އަބްދުލް އަޒީޒް ޝުކުރު އަދާކޮށް ޕޯސްޓެއް ވެސް ޖަހައިފަ އެވެ. ސީނިއާ ޕޮލިޓިކަލް ޑިރެކްޓަަރެއްގެ މަހު މުސާރައަކީ 25,500ރ. އެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާތީ ސްޕޯޓްސް މިނިސްޓްރީގައި މިހާރު ތިބީ ކިތައް ސިޔާސީ މުވައްޒަފުންކަމެއް ނޭނގެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި 30، ގެ ނިޔަލަށް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި 195 މީހުން ތިއްބެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ މަތި ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހައިތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު ރަސްމީކޮށް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ އަދަދު 2,000 އާ ގާތްކުރާނެ އެވެ.
Comment