Advertisement

ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހާ އެކު އެސޯސިއޭޝަންތަކަށް ފުރުސަތު ގިނަ

21 މޭ 2025 - 09:35 0

މި އަހަރު ބޭއްވުނު އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސައްތާރު.--- ފޮޓޯ: ހުސެއިން ވަހީދު / އަދަދު ސްޕޯޓްސް


ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހާ އެކު އެސޯސިއޭޝަންތަކަށް ފުރުސަތު ގިނަ

21 މޭ 2025 - 09:35 0

ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކާ އެކު، ކުޅިވަރު އެސޯސިއޭޝަންތަކަށް ފަހިވެގެންދިޔަ ފުރުސަތުތައް ކުރިއަށްވުރެ އިތުރު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން، 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަން، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ.

އެ ގޮތުން، ގާނޫނު ނަމްބަރު، 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ ބިލްގައި، 70 އަށް ވުރެ އިސްލާހެއް ހިމަނައި، ބޮޑެތި ބަދަލުތަކެއް ކުޅިވަރު ގާނޫނަށް ގެނެސް، މިދިޔަ ހޯމަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވަނީ، ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި ގާނޫނު އިސްލާހުތަކާ އެކު، ތަސްދީގު ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ސައްތާރު ވިދާޅުވީ، ކުޅިވަރު ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމުން، އެ ގާނޫނު ވަރަށް ރަނގަޅު ގާނޫނެއްގެ ގޮތުގައި އިސްލާހުވެގެން އައިސްފައިވާ ކަމަށެވެ. އަދި، މި ކަމުގައި ކުޅިވަރުގައި ޝާމިލުވެ، އުޅޭ ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބިގެންދިޔަ ކަމަށް ވެސް ސައްތާރު ފާހަގަކުރެއްވި އެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރިހަމަ ކުރައްވަމުން އަންނަ ސައްތާރު ވިދާޅުވީ، ކުޅިވަރު ގާނޫނުގެ ތެރެއިން، ކުޅިވަރު އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ބަދަލުވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ކުރިއަރުވަން އެ ކުޅިވަރަކުން ރީޖަނަލް އެސޯސިއޭޝަންތައް ހެދިގެން ދިއުމުން އޭގެ ފައިދާ ކުރާނެ ކަމަށެެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މާލެ، މާލެ ރީޖަން އަށް މި ގެންދަނީ، ރާއްޖެ ތެރޭގައި، އެ ގޮތަށް، (ކުޅިވަރު ތަރައްގީގެ ކަންކަން ކުރުމަށް) ގާނޫނެއް އެކުލަވާލެވުނީމަ، އެކަމުގެ އެއްބާރުލުން ލިބޭނެ ޑިވެލޮޕްމަންޓްތަކެއް ގެންދެވޭނެ،" ސައްތާރު ވިދާޅުވީ އެވެ.

"މިސާލަކަށް މިހާރުގެ އެސޯސިއޭޝަންތައް، ފެޑެރޭޝަންތަކަށް ބަދަލުވެ، ދެން، ރީޖަނަލް ދެން އުޅޭނެ އެސޯސިއޭޝަންތަކެއް، އެ ބަދަލުތަކެއް އަންނާނެ، އެ އެސޯސިއޭޝަންތައް ބާރުވެރި ކުރެވޭނެ، އެ ރީޖަންގައި ވަރަށް ބޮޑަށް މަސައްކަތް ކުރަން، އެ ކުޅިވަރެއް ކުރިއެރުވުމަށްޓަކައި، ދެން، ވިދާޅުވިހެން، ރީޖަނަލް ވައިސްކޮށް ފެސިލިޓީސްތަކެއް ވެސް ޑިވެލޮޕްވެގެން އަންނަން ވެސް ޖެހޭނެ،"

ސައްތާރު ވިދާޅުވީ، ކުޅިވަރު ގާނޫނަށް މި ގެނެވުނު އިސްލާހުތަކާ އެކު، ސްޕޯޓްސް މިނިސްޓްރީން އަތޮޅުތަކުގައި ސްޕޯޓްސް އިންފްރާސްޓްރަކްޗާ ބިނާކުރަން ކުރާ މަސައްކަތް މިހާރަށް ވުރެ އިތުރު ވެގެންދާނެ ކަމަށެވެ. އަދި، އޭގެ ސަބަބުން، ޖުމްލަކޮށް މުޅި ކުޅިވަރަށް ފައިދާތައް ކުރާނެ ކަމަށް ސައްތާރު ދެކިލައްވަ އެވެ.

"އަޅުގަނޑަށް ހީވަނީ މި ގާނޫނާ އެއްކޮށް ސްޕޯޓްސް މިނިސްޓްރީން އެ ކަހަލަ، އިންފްރާސްޓްރަކްޗާތަކެއް އެޅިގެން ދާނެ ކަމަށް، އެ ވެގެންދާނީ ކުޅިވަރަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް. އޭރަށް އަޅުގަނޑުމެންނަށް ލިބޭނެ އެކި ރީޖަަނުން ވެސް ރަނގަޅު ކުުޅުންތެރިން، މިހާރު އަޅުގަނޑުމެންނަށް މާލެ އައިސްގެން ނޫނީ އެ ކަހަލަ ގޮތަކަށް ކުޅުންތެރިންތައް ލިބޭނީ، ރަނގަޅު ގޮތްތަކެއް ރީޖަންތަކުގައި ރޭވިފައި ހުރިއްޔާ ހުނަރުވެރި ކުޅުންތެރިން ލިބޭ ނިސްބަތް އިތުރުވާނެކަން ޔަގީން،" ސައްތާރު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުޅިވަރު ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ދެން އަމަލުކުރެވޭ ކުޅިވަރު ގާނޫން ވަރަށް ބޮޑަށް ބާރު އަޅާއިރު، ޕެރަލިމްޕިކް ކޮމިޓީ އަށް ގާނޫނީ ގޮތުން ބާރު ލިބި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް އެހެން އެންމެނެކޭ އެއްގޮތަށް ކުޅިވަރުގެ ތެރެއިން ކަށަވަރުވެގެންދާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު އާއި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފަ އެވެ.