Advertisement

ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

20 މޭ 2025 - 09:54 0

ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ނައިބު ރައީސް ސޮއި ކުރެއްވުމަށްފަހު: އެގްރިމެންޓުގެ ދަށުން މަސައްކަތް ކުރާނީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން -- ފޮޓޯ: ރައީސް އޮފީސް


ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

20 މޭ 2025 - 09:54 0

ބްޕޫ ޕްލެނެޓް އެލަޔަންސް އިން ޕްރޮމޯޓް ކުރާ ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި އެވެ.

ކްލައިމެޓް އެގްރިމެންޓުގައި ސޮއި ކުރީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އެ އެގްރިމެންޓުގައި ނައިބު ރައީސް ސޮއި ކުރެއްވީ ބްލޫ ޕްލެނެޓުގެ ފެލޯ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާގެ ހަވާއީއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.

ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓަކީ 2045 ވަނަ އަހަރުގެ ކުރިން 100 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން ހަކަތަ އުފައްދަން މަސައްކަތް ކުރަން އެއްބަސްވާ އެއްބަސްވުމެކެވެ. އެއީ ނަން-ބައިންޑިން އެގްރިމެންޓެކެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރަން އެ އެގްރިމެންޓުގައި ސޮއި ކުރާ ގައުމުތަކަށް ބްލޫ ޕްލެނެޓް އެލަޔަންސުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ބްލޫ ޕްލެނެޓް އެލަޔަންސަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަން 2020 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދީ ހެންކް ރޮޖާސް އެވެ. ރޮޖާސްއަކީ ވީޑިއޯ ގޭމް ޑިޒައިނަރެއް އަދި މަޝްހޫރު ވިޔަފާރިވެރިއެކެވެ.

މަގްބޫލު ވީޑިއޯ ގޭމް "ދަ ބްލެކް އޮނިކްސް" އުފެއްދީ ރޮޖާސް އެވެ. އަދި ފަހުން އޭނާ ވަނީ "ޓެޓްރިސް" ގަނެފަ އެވެ.