Advertisement

އަލޮންސޯ އެދިގެން މޮޑްރިޗް ރެއާލުގައި މަޑުކުރުވަނީ

20 މޭ 2025 - 08:11 0


އަލޮންސޯ އެދިގެން މޮޑްރިޗް ރެއާލުގައި މަޑުކުރުވަނީ

20 މޭ 2025 - 08:11 0

މެޑްރިޑް (މެއި 20) - ރެއާލް މެޑްރިޑާ ހަވާލުވާން ނިންމާފައިވާ ކޯޗު، ޒަބީ އަލޮންސޯ އެދިގެން، އެ ކްލަބްގައި ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު، ލޫކަ މޮޑްރިޗް އިތުރު އެއް އަހަރަށް އެ ކްލަބްގައި މަޑުކުރުވަން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު، 40 އަހަރު ފުރޭ މޮޑްރިޗް މި ވަގުތު ރެއާލްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ މަހުގެ ނިޔަލަށެވެ. މޮޑްރިޗް ހޯދަން ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) އާއި މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބްތަކުން ހުށަހެޅި އެެވެ. އެކަމަކު، މުސާރަ ކުޑަކޮށްފައި ނަމަވެސް، މޮޑްރިޗް ބޭނުންވަނީ، އެއް އަހަރު ރެއާލްގައި އިތުރަށް މަޑުކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޭގެ ފަހުން، ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލޮންސޯ ވަނީ އަންނަ މަހު އެއް ވަނަ ދުވަހު ރެއާލްގެ ކޯޗުކަމާ ހަވާލުވާއިރު، އެ ޓީމުގައި ކަންތައްތަކެއް ފުުރިހަމަ ކޮށްދިނުމަށް ޑިމާންޑްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އޭގެއިން އެއް ކަމަކީ، މޮޑްރިޗް އެ ކްލަބްގައި މަޑުކުރުވުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓޮޓެންހަމް ދޫކޮށް، 2012 ވަނަ އަހަރު މޮޑްރިޗް ރެއާލަށް ބަދަލުވިއިރު، އޭނާ ވަނީ 2018 ވަނަ އަހަރު ފީފާ ބެލޮންޑިއޯ އެވޯޑް ކާމިޔާބު ކޮށްފަ އެވެ. ރެއާލްއާއެކު މޮޑްރިޗް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ރެއާލްއާ އެކު ހަ ޗެމްޕިއަންސް ލީގު މޮޑްރިޗް އުފުލާލައިރު، ސްޕެނިޝް ލީގު ތިން ފަހަރު ވަނީ ކާމިޔާބުކޮށްފަ އެވެ.

ޑިނަމޯ ޒަގްރެބް އިން ކެރިއަރު ފެށި މޮޑްރިޗް، 2022 ވަަނަ އަހަރުން ފެށިގެން އަންނަނީ އަހަރު އެއް ފަހަރު ރެއާލްގެ ކޮންޓްރެކްޓް އާ ކުރަމުންނެވެ.