Advertisement

ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކުގެ ބައި-އިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި

19 މޭ 2025 - 17:05 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހަރަދު ކުޑަކުރުމުގެ ނަމުގައި ކައުންސިލްތަކުގެ ބައި-އިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި

19 މޭ 2025 - 17:05 1

ކައުންސިލަރެއްގެ ގޮނޑި ހުސްވާއިރު، ދައުރުގެ ބާކީ އޮންނަ މުއްދަތު އޮޅު އަހަރަށްވުރެ ކުރުނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މެއި 15، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރުން މި ބަދަލު ގެނައީ ހަރަދު ކުޑަކުރުމުގެ ނަމުގަ އެވެ. މި ބިލުގެ ބަހުސްގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުރަންޖެހޭ ހަމައެކަނި ކަމަކީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުންތޯ ސުވާލު އުފައްދަވައިފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަން ބިލެެއް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު، އަލީ މޫސާ އެވެ. އޭނާ ހުށަހެޅުއްވި ބިލުގެ ދަށުން ލާމަރުކަޒީ ގާނޫނުގެ ހަތަރު މާއްދާއަކަށް ބަދަލު ގެނެސްފައިވެ އެވެ.

އެގޮތުން ކައުންސިލެއްގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނުވަތަ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެހެން ވެސް ގޮތަކުން އޭނާގެ ގޮނޑި ހުސްވާ ހާލަތެއްގައި، ކައުންސިލް އުމުރުގެ ބާކީ އޮންނަ މުއްދަތު 548 އަށްވުރެ ކުރު ނަމަ، މިހާރު ބައި-އިލެކްޝަން ބާއްވަން ނުޖެހޭނެ އެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮނޑި ހުސްވާއިރު ވެސް އެ ކޮމިޓީގެ އުމުރުގެ ބާކީ އޮންނަ މުއްދަތު 548 ދުވަހަށްވުރެ ކުރު ނަމަ ބައި-އިލެކްޝަނެއް ބާއްވަން ނުޖެހޭނެ އެވެ.

ގާނޫނުގައި ކުރިން އޮންނަ ގޮތުން ކައުންސިލުގެ ގޮނޑިއެއް ހުސްވާއިރު، ކައުންސިލް އުމުރުގެ ބާކީ 365 ދުވަހަށްވުރެ ކުރު ނޫން ނަމަ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.