Advertisement

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި ދެމީހުން --- ފޮޓޯ: ފުލުހުން


ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިއްޔެ ޖަހައިފި އެވެ.

މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ފައިސާ އާއި މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރީ މއ. ދަގަނޑުކެޑިގެ، ހަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި، ޝިފާނާ އަބްދުއްސައްތާރު އެވެ.

ނިމާލު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ފަސް ދުވަހަށެވެ. ޝިފާނާ ބަންދުކުރަން ކޯޓުން އަމުރުކުރީ 10 ދުވަހަށެވެ.

އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1058.55 ގްރާމު ހުރި ކަމަށް ފުލުހުން އޭރު ބުންޏެވެ. ނަމަވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ހުރީ 1053 ގްރާމް ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން ނިމާލުއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއްކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަނެތިން ވިޔަފާރި ކުރުމުގެ ތުހުމަތެެވެ.