މީގެ ކުރީ އަހަރެއްގައި ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކުރިއަށް މި އޮތީ އެތައް އާއިލާތަކަކަށް ލިބޭ އުފާވެރިކަމުގެ ބޮޑު މޫސުމެކެވެ. އެކިއެކި ގޭގެއިން، އެކި ޢާއިލާތަކުން އެތައް ހާސް ދިވެހީންނެއް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާއަށް ދަތުރު ފަށާ ދުވަސްވަރެވެ.
އާއިލާއިން އެންމެ މީހަކު ހައްޖަށް ދިޔަޔަސް އެއީ މުޅި އާއިލާގެ އުފަލާއި ނަސީބެވެ. މުސްލިމަކަށް ވީތީ އަދާކުރަންޖެހޭ މުހިންމު ފަރުޟެއް އަދާކުރެވޭތީ އެވެ. މައްކާގެ މާތް ބިމުގައި ހުރެ، މުޅި އާއިލާއަށް ކޮށްދޭނެ ހެޔޮ ދުއާއިންނެވެ. އަދި އެނބުރި މާލެ އަންނައިރު، ގެނެސްދޭނެ ހަދިޔާތަކެވެ.
ދިވެހިން ހައްޖުގެ އަޅުކަން އަދާކުރަން ދަތުރުކުރަނީ ސަރުކާރުގެ ހަވާލުގައި ކަމުގައި ވިޔަސް، ދިމާވެދާނެ ކޮންމެ ހާލަތަކަށް އަމިއްލައަށް ވެސް ތައްޔާރުވެގެން ތިބުމަކީ މުހިންމު، ބޭނުންތެރި ކަމެކެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރައިގެން ދަނީ ބޮޑު ގްރޫޕެކެވެ. ހަމަ އެ ވަގުތު، މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް މައްކާއަށް ގޮސް އުޅޭނެ އެވެ.
އަމިއްލަ ތަކެތި ގެއްލި، ނުވަތަ އަނިޔާއެއްވެގެން ނުވަތަ ބަލިވެގެން ސިއްހީ އެހީތެރިކަން ހޯދަން ވެސް ޖެހިދާނެ އެވެ. ހާދިސާއެއް ހިނގާފާނެ ކަމަށްޓަކައި ތައްޔާރުވެގެން ތިބުމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
އެލައިޑު އިސްލާމިކް ވިންޑޯގެ ހައްޖު އަދި އުމްރާ ތަކާފުލްއަކީ ކުޑަ އަގެއްގައި، ބޮޑެތި ފައިދާތަކެއް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ފުޅާ ތަކާފުލް ޕެކޭޖެކެވެ. ހައްޖު ނުވަތަ އުމްރާއަށް ދާ ފަރާތްތަކުން މި ޕެކޭޖު ބައްލަވައިގެންފި ނަމަ ލިބޭ ފައިދާތައް ވެސް ގިނަގުނަ އެވެ.
އެގޮތުން، ޗެކިން ބެގޭޖު އައުން ލަސްވުން ނުވަތަ ގެއްލުމާއި ޕާސްޕޯޓާއި ފައިސާ އަދި އަގުބޮޑެތި ތަކެތި ގެއްލުން އަދި ބަލިވެގެން ނުވަތަ އަނިޔާއެއް ވެގެން ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ހޯދަން ޖެހުމުގެ އިތުރުން ދާއިމީ ނުކުޅެދުންތެރިކަން މެދުވެރިވާ ކަމެއް ކުރިމަތިވުން ނުވަތަ ނިޔާވުން ފަދަ ކަންކަމަށް މި ޕްލޭނުން ކަވަރޭޖު ލިބޭނެ އެވެ.
މީގެ އިތުރުން، ކޮވިޑް-19 ބަލި ޖެހުމުގެ ނުރައްކާ އޮތް ފަރާތްތަކަށް ބޭނުންތެރިވާނެ، ކޮވިޑް-19 ގެ އޮޕްޝަނަލް ކަވަރޭޖެއްވެސް މި ޕްލޭނުގައި ހިމެނެ އެވެ.
މި ކަވަރޭޖުތަކުން، ހައްޖުގެ އަޅުކަން އަދާކުރުމުގެ ދަތުރުމަތީގައި އުޅޭއިރު ދިމާވެދާނެ ހުރިހާ ބާވަތެއްގެ ގެއްލުންތައް ނުވަތަ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ލިބޭނެ އެވެ.
އެލައިޑު އިސްލާމިކް ވިންޑޯގެ ހައްޖާއި އުމްރާ ޕްލޭން 300 ރުފިޔާއަށް ނެންގެވޭނެ އެވެ. މިއީ ކުރުމަށް އިތުރު ހަރަދެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، މިއީ ހައްޖުގެ އަޅުކަމަކީ އިތުރު ފިކުރުތަކުން ދުރު، އަދި އިތުރަށް ނިޔާމަ ދަތުރަކަށް ހެދުމައްޓަކައި ކުރެވޭ އިންވެސްޓްމެންޓެއްގެ ގޮތުގައި ބެލެވިދާނެ އެވެ. ނުވަތަ ހައްޖަށް ދާ ފަރާތަށް އާއިލާގެ އެންމެންގެ ފަރާތުން ދެވިދާނެ ހަދިޔާއަކަށް ވެސް މި ޕްލޭނު އެކަށީގެން ވާނެ އެވެ.
މިއީ ފަސޭހައިން އޮންލައިންކޮށް ނެގޭނެ ޕްލޭނެކެވެ. އެލައިޑްގެ ”މައި އެލައިޑް“ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ނެގޭނެ އެވެ.
Comment