Advertisement

ކުޑަކުދިންގެ ދުވަހާ ގުޅުވައި "އެލައިޑް ފެސްޓް" ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި

ކުޑަކުދިންގެ ދުވަހާއި ގުޅުވައި އެލައިޑުން ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެލައިޑް


ކުޑަކުދިންގެ ދުވަހާ ގުޅުވައި "އެލައިޑް ފެސްޓް" ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި

އެލައިޑް އިންޝުއަރަންސްއިން ކޮންމެ އަހަރަކު މާލޭގައި ބާއްވާ އާއިލީ ހަވީރު "އެލައިޑް ފެސްޓް" އަތޮޅުތެރެއަށް ފުޅާކޮށް، ކުޑަކުދިންގެ ދުވަހާއި ގުޅުވައި އިއްޔެ ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެ ހަވީރު އިންތިޒާމުކުރީ އެލައިޑް އިންޝުއަރަންސްގެ އިތުރުން ކްލަބް ކޮރަލްސް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް ގުޅިގެންނެވެ.

އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ކުރިޔަށްގެންދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ވަނީ ބައިވެރިވެފަ އެވެ.

އަތޮޅު ތެރޭގައި ބޭއްވި އެންމެ ފުރަތަމަ އެލައިޑް ފެސްޓަށް އާއިލާތަކުން ދެއްވި ތަރުހީބު ފާހަގަކޮށް އެލައިޑުން ވަނީ އެ ހަރަކާތް ފުރިހަމަ ގޮތެއްގައި އިންތިޒާމް ކުރުމަށް އެހީވެދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައި އެލައިޑުން ކުޅުދުއްފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ: އެލައިޑް


އެލައިޑް ފެސްޓަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިޔަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ ފެމެލީ ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ވަނީ ފޯރުކޮށްދީފަ އެވެ.

މީގެއިތުރުން މުޅި އަހަރަށް ދިގުދެމިގެންދާ، ކޮންމެ ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓު ޑިސްކައުންޓް ލިބޭ އޮފާއާ ބެހޭ މައުލޫމާތު ހިމެނެ އެވެ. އަދި މި މަހުގެ ނިޔަލަށް ހަމަވާ، އަންހެނުންނަށް ހާއްސަ ޕްލޭނެއްކަމުގައިވާ "ކަމަނަ" ގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100 ޕަސަންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަންގެ މައުލޫމާތު ވެސް ހިއްސާކުރި އެވެ. .