Advertisement

ހުލާސާކޮށް އިއްޔެ: ފާޑުކިޔުންތައް ރައީސްއަށް ބަލައެއް ނުގަނެވުނު

11 މޭ 2025 - 06:15 0

ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ފާޑުކިޔުންތައް ރައީސްއަށް ބަލައެއް ނުގަނެވުނު

11 މޭ 2025 - 06:15 0

ދައުލަތުގެ ގިނަ ވުޒާރާތަކާއި މުއައްސަސާތައް ބައިވެރިވެގެން ހިންގާ ގޮތަށް، ސަރުކާރުގެ ގިނަ ހިދުމަތްތައް ޑިޖިޓަލް ކުރަން ފެށި މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ކީ ފާޑުކިޔުންތައް ބަލައިނުގަންނަވައި އެ ފަރާތްތަކުގެ ނިޔަތާމެދު ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެކްސްގައި ރައީސް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ލޯންޗުކުރި މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތެއްގެ މައުލޫމާތުގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަން ނައްތައިލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟" ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މި މޭރުމުން ރައީސް ޕޯސްޓެއް ކުރެއްވީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ހުރި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަން ފެށުމުންނެވެ. އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނީ ސަރުކާރު ޑިޖިޓަލައިޒް ކުރުމުގެ ފަހަތުގައި އޮތީ އިލެކްޓްރޯނިކް ވޯޓިން ނިޒާމެއް ތައާރަފު ކުރުން ކަމަށް ބުނެ އެވެ.

އެކަމާ ގުޅޭގޮތުން ކުރީގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް 2.0 އިފްތިތާހުކުރީ އިލެކްޓްރޯނިކް ވޯޓިން ތައާރަފުކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ކަމަށެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ މޯލްޑިވްސް 2.0 ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް. ހަމަގައިމުވެސް އަޅުގަނޑު އެކަކަށް އެކަމާ ސީދާ ދެކޮޅު ހަދަން،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމަށް ދޮޅު އަހަރު ވާން ކައިރިވެފައިވާއިރު، ތަރައްގީގެ އެއްވެސް މަސައްކަތެއް ނުފެށި ވިޔަފާރިތައް ފުނޑިފައިވާ ކަމަށެވެ. އަދި ގައުމުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، މޯލްޑިވްސް 2.0 ގެ ނަމުގައި ކުރަން އުޅޭ މަސައްކަތަކީ އޮޅުވައިލުމެއް ކަމަށާއި އެފަދަ ދޮގުތައް ރައްޔިތުން މިހާރު ބަލައިނުގަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ދިވެހީންގެ ރާއްޖެ ސްކޭމުން މޯލްޑިވްސް 2.0 އަށް ދޮގުފަތި އަމުނަމުން ދިޔުން މިހާރުން މިހާރަށް ހުއްޓައިލަން ސަރުކާރަށް ގޮވައިލަން، ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ، ދިވެހިރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމާތާއި ހައްގުތައް ކަށަވަރު ޑިމޮކްރެޓިކް ދިރިއުޅުމެއް،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ބަލައިނުގަންނަވައި ރައީސް ވިދާޅުވީ މޯލްޑިވްސް 2.0 ގެ ސަބަބުން ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ގުނައެއް ކުރިއަށް ޖެހި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ވެސް ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށެވެ.

މިއަދުގެ މޫސުން


- އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ދެކުނާއި މެދުރައްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. - ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލަށް. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް - ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ - ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދު

ނަމާދު ވަގުތު

  • ފަތިސް 04:37
  • އިރުއަރާ 05:52
  • މެންދުރު 12:06
  • އަޞްރު 15:25
  • މަޣްރިބް 18:13
  • ޢިޝާ 19:28

މުހިއްމު ބައެއް ހަބަރު