9 މޭ 2025 - 20:49 0
ލީވާން އަލީ ނާސިރު
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު: ފާޑުކިޔުން އަމާޒުވުމުން ހެރިޓޭޖް މިނިސްޓްރީން ކުރި އިއުލާން ވަނީ ބާތިލުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
9 މޭ 2025 - 20:49 0
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުން ހެރިޓޭޖް މިނިސްޓްރީއަށް ދަށް ފާހެއްގެ މުވައްޒަފެއް ނެގޭހެން މަގުފަހިކޮށް ކުރި އިއުލާން މިއަދު ބާތިލުކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު އިއުލާންކުރީ ދަށް ފާހެއް ލިބުނަސް ޝަރުތު ހަމަވާގޮތަށް ވިލަރެސް ކުރުމަށް ކޮންޓްރެކްޓަށް މުވައްޒަފަކު ނެގުމަށެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް އެ މުވައްޒަފު ނެގުމަށް ހެރިޓޭޖުން އިއުލާންކުރީ މަހަކު 30،000ރ. އިތުރުން އިތުރު އިނާޔަތްތައް ވެސް ލިބޭގޮތަށެވެ.
އެ މުވައްޒަފުގެ ޝަރުތުގެ ގޮތުގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބި، ސެކެންޑަރީ ސްކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބުން ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި އާންމުން ހިޔާލު ފާޅުކޮށް ބުނަމުންދިޔައީ ދަށް ގްރޭޑު ލިބިގެން ބޮޑު މުސާރަ ލިބުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މޮޅަށް ކިޔަވައިގެން ކުޑަ މުސާރައެއްގައި މަސައްކަތް ކުރަން ޖެހުން ވެސް އާންމުން ފާހަގަކުރި އެވެ.
ޝަރުތުގެ ތެރޭގައި 35 އަހަރުން ދަށުގެ މީހަކަށް ވުމާ އެކު، ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން ވެސް ކަނޑައަޅާފައިވެ އެވެ.
އެ މުވައްޒަފުު ނެގުމަށް މިނިސްޓްރީން ބަލާ އަަސާސީ ޝަރުތު ހަމަވެއްޖެނަމަ 30 ޕޮއިންޓް ދިނުމަށް އޮތީ ކަނޑައަޅާފަ އެވެ.
ހެރިޓޭޖް މިނިސްޓްރީން 30،000ރ. ގެ މުސާރައިގައި މީގެ ކުރިން ވެސް ގިނަ ބަޔަކު ވިލަރެސްވެރިން ގޮތުގައި އެ މިނިސްޓްރީއަށް ނަގާފައިވެ އެވެ. އޭރު ވެސް ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި އޮތީ މިހާރު އޮތް ޝަރުތުތަކެވެ.
Comment