Advertisement

ޑި ބްރޭނާ އަށް ލިވަޕޫލްގެ އޮފާއެއް: ރިޕޯޓް

8 މޭ 2025 - 10:38 0


ޑި ބްރޭނާ އަށް ލިވަޕޫލްގެ އޮފާއެއް: ރިޕޯޓް

8 މޭ 2025 - 10:38 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 8) - މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާ ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާގެ ސޮއި ހޯދަން ލިވަޕޫލުން އޮފާއެއް ހުށަހަޅާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީއާ އެކު، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑި ބްރޭނާ، 33، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ މި ސީޒަނުގެ ނިޔަަލަށެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމީ އެވެ.

ޑި ބްރޭނާ، ސިޓީ މި ދޫކޮށްލަނީ 10 އަހަރަށް ފަހު އެވެ. ފާއިތުވި އަހަރުތަކުގައި، ސިޓީގެ އެންމެ ވާދަވެރި ކްލަބް، ލިވަޕޫލުން ޑި ބްރޭނާ ހޯދަން ހުށަހަޅާފައިވަނީ އެއް އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްއް ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އިންޓަ މިއާމީން ވަނީ ޑި ބްރޭނާ ގެނައުމުގެ ވިސްނުން ދޫކޮށްލައިފަ އެވެ.

އިންޓަ މިއާމީގައި މި ވަގުތު ތިބި ބޭރު ކުޅުންތެރިންގެ ކޯޓާ އަށް ބަދަލެއް ނުގެނެސް ކުރިއަށްދާން ނިންމުމާ އެކު، އެ ކްލަބުން ޑި ބްރޭނާ ގެންނަން ކުރި މަސައްކަތް ނިމުމަކަށް އައީ އެވެ. ޑި ބްރޭނާ ހޯދުމުގެ ރޭހުގައި މި ވަގުތަށް ބަލާއިރު އޮތް އެމްއެލްއެސް ކްލަބަކީ ޝިކާގޯ ފަޔާ އެވެ.

ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ.

ސިޓީގައި މި ވަގުތު ޑި ބްރޭނާ ހުރީ ހަފްތާ އަކު، 420،000 ޑޮލަރު ލިބޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ޑި ބްރޭނާ އަށް ދެ ސީޒަނަށް ޖުމްލަ މުސާރަ 80 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއް ދޭން ވެސް ތައްޔާރެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި ބްރޭނާ، ޕްރިމިއާ ލީގުގެ ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތެެވެ.