7 މޭ 2025 - 19:21 0
މުހައްމަދު ޝަހްޒާން
ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާއެކު ރައީސް މުއިއްޒު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
7 މޭ 2025 - 19:21 0
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމާ ގުޅޭގޮތުން އެ މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުންނާ އެކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް އެ ބައްދަލުވުމުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ވަނީ ވާނުވާ މައްސަލައަށް ހައްލު ހޯދުމަށް އެމީހުންގެ ހިޔާލު ހުށަހަޅައިފަ އެވެ. އެގޮތުން އެމީހުން ހުށަހެޅި ހިޔާލުތަކަކީ:
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަންތައްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ އެ މައްސަލައަށް ގެންނަން މި ސަރުކާރުން މަސައްކަތް ކުރާ ދާއިމީ ހައްލު ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން ވާނުވާ ބަންދުގައި ތިބި މީހުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން އެދުނު ގޮތަށް، ބަންދުގައި ތިބި މީހުންނަށް އިތުރު ފުރުސަތެއް ދިނުމާމެދު ބަންޑާރަނައިބާއި ޕްރޮސެކިއުޓާ ޖެނެރަލް އާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯޓު ކޮމްޕްލެކްސްއެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ވަގުތީގޮތުން ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސޭތޯ މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Comment