Advertisement

އެމްއައިބީއިން ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް އަމީނީ މަގުގައި ހުޅުވައިފި

އެމްއައިބީގެ އަމީނީ މަގު އޭޓީއެމް: އެ އޭޓީމުން ހިދުމަތް ދޭން ވަނީ ފަށާފައި -- ފޮޓޯ: އެމްއައިބީ


އެމްއައިބީއިން ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް އަމީނީ މަގުގައި ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ޑޮލަރާއި ރުފިޔާ ނެގޭ އޭޓީއެމްއެއް މާލޭގެ އަމީނީ މަގު ފިނޭންސް މިނިސްޓްރީ ކައިރީގައި ހުޅުވައިފި އެވެ.

އެމްއައިބީން ބުނީ އަމީނީ މަގު އޭޓީއެމުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ލިބޭއިރު، އެ އޭޓީއެމާއި އެކު އެމްއައިބީގެ ހަތަރު ޑޮލަރު އޭޓީއެމް މާލެ ސަރަހައްދުގައި މިހާރު ހުރި ކަމަށެވެ.

އެއީ އެމްއައިބީ ހެޑް އޮފީސް ހުންނަ މެދުޒިޔާރަތް ދޮށުގެ، އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ ހ. މެރިން ޑްރީމް އަދި އެސްޓީއޯ ސުޕަމާޓް ކައިރީގައި ފާމުދޭރިގޭގެ އޭޓީއެމް އެވެ.

މީގެ އިތުރުން އެމްއައިބީގެ ރުފިޔާ އޭޓީއެމްތައް މަޖީދީމަގުގެ އިތުރުން އައިޖީއެމްއެޗްގައި ވެެސް ހުރެ އެވެ.

އެމްއައިބީން އަންނީ އެ ބޭންކުގެ ހިދުމަތް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފުޅާކުރަމުންނެވެ.

އެގޮތުން އެމްއައިބީގެ ހިދުމަތް ރ. އަތޮޅަށް ފުޅާކުރުމަށް ސޭލްސް ސެންޓަރެއް މިހާރު ދަނީ އިމާރާތް ކުރަމުންނެވެ. އަދި އެތަނަށް މުވައްޒަފުން ނެގުމަށް ވެސް އެމްއައިބީން ވަނީ އިއުލާންކޮށްފަ އެވެ.

އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖެ އިސްލާމިކް ބޭންކެވެ. އެ ބޭންކުގެ ގިނަ ހިދުމަތްތަކަކީ ޑިޖިޓަލްކޮށް ދެވޭ ހިދުމަތްތައްކަން ފާހަގަކުރެވެ އެވެ.