Advertisement

"ޗެމްޕިއަންސް ލީގުގައި މި ފަހަރު އެންމެ މޮޅު ޓީމަކީ އާސެނަލް"

8 މޭ 2025 - 11:34 0


"ޗެމްޕިއަންސް ލީގުގައި މި ފަހަރު އެންމެ މޮޅު ޓީމަކީ އާސެނަލް"

8 މޭ 2025 - 11:34 0

ލަންޑަން (މެއި 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ފަހަރު އެންމެ ވަރުގަދަ، އެންމެ މޮޅު ކުޅުމެއް ދެއްކި ޓީމަކީ އާސެނަލް ކަމަށާއި، އެކަން އެންމެންވެސް ގަބޫލުކުރާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޕީއެސްޖީ އަތުން ބަލިވީ 3-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. އެ ޓީމުން އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި ދެ ވަނަ ލެގުގައި ރޭ ޕީއެސްޖީގެ ދަނޑުގައި ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މިއީ އާސެނަލް، 2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅުނު ފަހުން މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ޕީއެސްޖީ މެޗަށް ފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ، ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި، މިއީ އާސެނަލުން އުންމީދުކުރި ނަތީޖާ އެއް ނޫން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ މި މުބާރާތުގައި އަހަރެމެން އަށްވުރެ މޮޅު ޓީމެއް މި ފަހަރު ކުޅުނުހެން، އެކަމަކު އަހަރެމެން މި ކެޓީ" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ މި މުބާރާތުގެ ނޮކްއައުޓް މެޗުތައް ބޮޑަށް ބަރޯސާ ވަނީ އޭރިއާ ތެރެއަށް ކަމަށާއި، އޭރިއާ ތެރޭގައި ޕީއެސްޖީގެ ފޯވާޑުން އަދި ކީޕަރު މާމޮޅު ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ވަނީ ސެމީ ފައިނަލުގެ ދެ ލެގުގައި ވެސް އާސެނަލް ޓީމުން މާ މޮޅު ކުޅުމެއް ދެއްކި ކަމަށް ބުނެފަ އެވެ.

އާޓެޓާގެ ވާހަކަތަކަށް، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ދެކޮޅު ހަދައިފަ އެވެ. އެންރީކޭ ބުނީ މެޗުތަކުގައި ނަތީޖާ ނެރުމަށް އެންމެ މުހިންމީ ގޯލު ޖެހުން ކަމަށާއި، އެކަން އާސެނަލަށް ނުކުރެވުނު ކަމަށް ބުނެފަ އެވެ.