Advertisement

ކުއަންޓަސް އެއާލައިނުގެ ބޯޓެއް ކުއްލި ހާލަތުގައި ވެލާނާ އެއާޕޯޓަށް ޖައްސައިފި

6 މޭ 2025 - 12:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ކުއަންޓަސް އެއާލައިނުގެ ބޯޓެއް ކުއްލި ހާލަތުގައި ވެލާނާ އެއާޕޯޓަށް ޖައްސާފައިވަނީ ރޭގެ ވަގުތެއްގައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުއަންޓަސް އެއާލައިނުގެ ބޯޓެއް ކުއްލި ހާލަތުގައި ވެލާނާ އެއާޕޯޓަށް ޖައްސައިފި

6 މޭ 2025 - 12:18 0

އޮސްޓްރޭލިއާގެ ޕާތުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ ކުއަންޓަސް އެއާލައިނުގެ ބޯޓެއް ކުއްލި ހާލަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފި އެވެ.

ކުއަންޓަސްގެ ބޮއެން 787-9 ޑްރީމްލައިނާ ވެލާނާ އެއާޕޯޓަށް ޖެއްސީ ރޭ 11:30 ހާއިރު އެވެ. އެ ބޯޓު އަދިވެސް އޮތީ ހުޅުލޭގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާތާއި ލަންޑަނާ ދެމެދު ކުރާ 17 ގަޑިއިރުގެ ދަތުރުގެ މިސްރާބު ބަަދަލުކުރުމަށް ފަހު، މި ބޯޓު ހުޅުލެއަށް ޖެއްސީ ފަސިންޖަރަކަށް ދިމާވި ސިއްހީ ކުއްލި ހާލަތަކާ ގުޅިގެންނެވެ.

ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ކުއަންޓަސް ގެ ބޯޓު ދަތުރުކުރި ގޮތް --- ފޮޓޯ: ފުލައިޓު ރާޑާ


އެ މީހާއަށް އަދިވެސް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް، އެ މީހާއާ ގުޅޭ އިތުރު ތަފުސީލެއް ނޫނީ ދިމާވި ސިއްހީ ހާލަތާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

މި ބޯޓުން ދަތުރުކުރި މީހުން މިހާރު ތިބީ ހުޅުލޭގައި ތާށިވެފަ އެވެ. އޮސްޓްރޭލިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއަންޓަސް އިން ދަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ މީހުން ލަންޑަނަށް ގެންދެވޭނެ ގޮތްތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މިކަމުގައި އެހީތެރިވުމަށް ކުއަންޓަސްގެ ޓީމެއް ލަންޑަނުން ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.