Advertisement

މިއަދު ހެނދުނު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ސްކޫލުތަކާއި އޮފީސްތަކުގެ މަސައްކަތަށް ބުރޫ އަރައިފި

5 މޭ 2025 - 16:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ެއައްޑޫ ސިޓީގެ މަގެއް : އެ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުން މިއަދު ހެދުނު އަނެއްކާވެސް ކަރަންޓު ކެނޑުނު --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިއަދު ހެނދުނު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ސްކޫލުތަކާއި އޮފީސްތަކުގެ މަސައްކަތަށް ބުރޫ އަރައިފި

5 މޭ 2025 - 16:14 0

ކަރަންޓުގެ ގިނަ މައްސަލަތަކެއް ދިމާވަމުން އަންނަ އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުން މިއަދު ހެދުނު އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ އެވެ.

ސިޓީގެ މޭޔަރުު، އަލީ ނިޒާރު އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑުނީ ރޭ ފަތިހު ކަމަށެވެ.

މިކަމާ ގުޅިގެން މިއަދު ހެދުނު އެ ސިޓީގެ އޮފީސްތަކާއި ސްކޫލުތަކުގެ މަސައްކަތަށް ބުރޫ އެރި އެވެ. އެގޮތުން ސްކޫލުތަކުން ކުދިން ގެއަށް ފޮނުވާލި ކަމަށާއި އޮފީސްތައް ހުޅުވުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް ނިޒާރު ވިދާޅުވި އެވެ.

މައްސަލަ ހައްލުކޮށް ކަރަންޓު ދެވުނީ ދެތިން ގަޑިއިރު ފަހުން ކަމަށް ނިޒާރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އައްޑޫގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، މެދުކެނޑުމެއްނެތި ދިމާވަމުންދާ ކަރަންޓުގެ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ ކޮށްފައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދަނީ ތަފާތު އެކި މައްސަލަތައް ދިމާވަމުންނެވެ. މިކަަން ހައްލުކުރަން ސަރުކާރުން ތަފާތު އެކި ތާރީހުތައް ދިނަސް އަހަރަކަށްވުރެ ގިނަ ދުވަސް މި މައްސަލައަށް ވަނީ ވެފަ އެވެ.

ނަމަވެސް، މިދިޔަ މަހެއްހާ ދުވަހުގެ ތެރޭ އައްޑޫގެ ކަރަންޓުން ކެނޑުން ކޮންމެވެސް ވަރަކަށް ވަނީ މަދުވެފަ އެވެ.

މީގެއިތުރުން، އައްޑޫ ކަރަންޓު މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްތަކެއް ކޮށް ގަރާރުތަކެއް ހުށަހަޅާފައިވެ އެވެ. ސަރުކާރަށް ތާއީދުކުރާ މެންބަރުން މި ގަރާރުތަކާއި ކުއްލި މައްސަލަތަކަށް ބީރު ކަންފަތެއް ދީ ބޭރުކޮށްލީ އެވެ.