Advertisement

އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމް އަންނަ އޮކްޓޯބަރު މަހު ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މި އަހަރުގެ ގެސްޓްހައުސް ސިމްޕޯޒިއަމް އިއުލާންކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެމްއައިބީގެ ގެސްޓްހައުސް ސިމްޕޯޒިއަމް އަންނަ އޮކްޓޯބަރު މަހު ބާއްވަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ ގެސްޓްހައުސް ސިމްޕޯޒިއަމް އަންނަ އޮކްޓޯބަރު 2، ގައި ބާއްވަން ނިންމައިފި އެވެ.

ކްރޮސްރޯޑްސްގައި ބާއްވާ އެ ސިމްޕޯޒިއަމްއަކީ ގެސްޓުހައުސްގެ އިތުރުން އެ ވިޔަފާރިއާ ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް، ދިމާވާ ދަތިތަކަށް އެ ސިނާއަތުގެ ތަޖުރިބާކާރުންގެ ލަފާ ލިބިގެންދާ ގޮތަށް ކުރިއަށްގެންދާ ސިމްޕޯޒިއަމްއެކެވެ.

އެމްއައިބީން ބުނީ މި އަހަރުގެ ސިމްޕޯޒިއަމްގައި ގެސްޓުހައުސްގެ އިތުރުން ލިވަބޯޑު ދާއިރާގެ ހިއްސާ ވެސް އިތުރު ކުރުމަށް މަޝްވަރާ ކުރަުންދާ ކަމަށެވެ.

މީގެއިތުރުން މި އަހަރުގެ ސިމްޕޯޒިއަމްއިން މިދިޔަ އަހަރު އެކި ބައިވެރިން ދިން ހިޔާލުގެ މައްޗަށް ބަލައި ބަދަލުތައް ފެނިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު އެމްއައިބީން ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމްގައި 150 އަށްވުރެ ގިނަ މީހުން ބައިވެރިވެ، އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ބިނާކުރަނިވި ހިޔާލުތައް ބަދަލުކުރި އެވެ.

މީގެ އިތުރުން ގެސްޓްހައުސް ދާއިރާއާ ގުޅޭ އެކި ކުދި ވިޔަފާރިތަކަށް އެމްއައިބީން ހުޅުވާލި ދޮރުން ވަދެ، އާ ފުރުސަތުތައް ފަހިވެގެންދިޔަ ކަމަށް ވެސް އެ ބޭނުންކުން ބުންޏެވެ.

އެމްއައިބީން ބުބނީ މި އަހަރުގެ ގެސްޓްހައުސް ސިންޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށެވެ.