Advertisement

އެމްޓީސީސީއަށް ފުރަތަމަ ކުއާޓަރުގައި 62 މިލިއަން ރުފިޔާ ގެއްލުން

4 މޭ 2025 - 13:03 0

މާލޭގައި ހުންނަ އެމްޓީސީސީގެ މައި އޮފީސް އިމާރާތް: އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ އެ ކުންފުނިން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އެމްޓީސީސީއަށް ފުރަތަމަ ކުއާޓަރުގައި 62 މިލިއަން ރުފިޔާ ގެއްލުން

4 މޭ 2025 - 13:03 0

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ދަތުރުފަތުރުގެ ހިދުމަތްދޭ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 62 މިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ ކުއާޓަލީ ރިޕޯޓުން ދައްކައިފި އެވެ.

އެމްޓީސީސީގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުގައި އެ ކުންފުންޏަށް ނިމުނު ކުއާާޓަރުގެ ތެރޭގައި އެ ކުންފުންޏަށް 418 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ ބޮޑު އާމްދަނީއެއް ނަމަވެސް ހިންގުމުގައި އެ ކުންފުންޏަށް ލިބުނީ ގެއްލުމެވެ.

އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ހިނގީ ވިޔަފާރި ކުރުމުގެ ހަރަދުތަކަށެވެ. އެ ކަމަށް 375 މިލިއަން ރުފިޔާ ހަރަދުވީއިރު، ޖުމްލަ ފައިދާގެ ގޮތުގައި 43 މިލިއަން ރުފިޔާ ލިބުނެވެ. ކުންފުންޏަށް ގެއްލުންވީ އެހެނިހެން އާމްދަނީގެ ގޮތުގައި ނިމުނު ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެންނެވެ.

އެމްޓީސީސީން އެ ކުއާޓަރުގެ ތެރޭގައި 285 ޕްރޮޖެކްޓެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއާޕޯޓު ތަރައްގީކުރުން - ހަ މަޝްރޫއު
  • އިމާރާތްކުރުން - 87 މަޝްރޫއު
  • ކޯސްވޭ އާއި ބްރިޖު އެޅުން - ހަ މަޝްރޫއު
  • ބަނދަރު ހެދުން - 71 މަޝްރޫއު
  • ޕޯޓު ތަރައްގީކުރުން - އެއް މަޝްރޫއު
  • ޖެޓީ ތަރައްގީކުރުން - ދެ މަޝްރޫއު
  • ގޮނޑުދޮށް ހިމާޔަތްކުރުން - 34 މަޝްރޫއު
  • ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - 32 ޕްރޮޖެކްޓު
  • ސާވޭ އަދި ސްޓްރަކްޗަރަލް އެސެސްމަންޓް - ހަތަރު މަޝްރޫއު
  • މަގު ހެދުން - ހަ މަޝްރޫއު
  • ފުޓްސަލް ދަނޑުތައް ތަރައްގީކުރުން - ހަތް މަޝްރޫއު
  • އެހެނިހެން - 29 މަޝްރޫއު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ނިންމުނު މަޝްރޫއުތަކަކީ ރ. ކިނޮޅަސް ގޮނޑުދޮށް ހިމާޔަތްކުރުމާއި މަނަދޫ ބަނދަރު ތަރައްގީކުރުމާއި އިއްޒުއްދީން ފާލަން ތަރައްގީކުރުމާއި ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއު އެވެ.